ވަކި ޕާޓީއެއް ވެރިކަމުގައި ދެމިއޮތުމަށް ޤާނޫނު އަސާސީއަށް ބަދަލުގެނައުމަކީ ކޮށްގެންވާނެ ކަމެއްނޫން: ރީކޯ

ވަކި ޕާޓީއެއް ވެރިކަމުގައި ދެމިއޮތުމަށް ޤާނޫނު އަސާސީއަށް ބަދަލުގެނައުމަކީ ކޮށްގެންވާނެ ކަމެއްނޫން: ރީކޯ

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2022 08:29
0

ވަކި ޕާޓީއެއް ވެރިކަމުގައި ދެމިއޮތުމަށް ޤާނޫނު އަސާސީއަށް ބަދަލުގެނައުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، އެމްޑީޕީގެ ވެރިކަން އަބަދުމެއޮތުމަށް 30 ޕަސެންޓުން އިންތިހާބުވާ ގޮތް ބޭނުންތެރިކަމަށް ވިދާޅުވެ ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެޕާޓީގެ ޤައުމީ މަޖިލީހަށް ހުށައެޅުމާއި ގުޅިގެންނެވެ.

ނަޝީދުގެ އެ ނިންމެވުމަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވީ، ވަކި ޕާޓީއެއްވެރިކަމުގަ ދެމިއޮތުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ކޮށްގެން ވާނެ ކަމެއްނޫންކަމަށެވެ. އެމްޑީޕީ ފުރަތަމަވެސް ވަކާލާތުކުރީ ވޯޓުން ކަން ކަން ނިންމަންކަމަށާއި، ރައްޔަތު އެންމެން ބައިވެރިވެގެން އުފައްދާ ވެރިކަމެއް އޮންނަން އެގޮތަށް ޤާނޫނު އަސާސީގައި ބުނެފައިވާކަމަށް މޫސަ ވިދާޅުވިއެވެ.

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ވޯޓުގެ 51 ޕަސެންޓް ހޯދައިގެން މެނުވީ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބެއް ނުވެވޭނެއެވެ. ރައީސް ނަޝީދު ރޭ ވިދާޅުވީ، އެކަމަށް ބަދަލު ގެނައުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ބޭނުންތެރިކަމެއްގެ ގޮތުގައި އެންމެން ވެސް އިއްތިފާގުވާނެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި, އެމްޑީޕީން ވަކާލާތު ކުރަނީ ވެރިކަމުގެ ހުރިހާ ކަމެއް ރައްޔިތުންގެ ކުރިމަތީގައި ދެފުށްފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށެވެ. އެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.