އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފ.ނިލަންދޫ ޓާފް ދަނޑުގައި ކުޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފްމޯލްޑިވްސް އިން ނިންމައިފިއެވެ.
މިއަހަރުގެ 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފައިނަލުގައި ވާދަކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކްލަބް އީގަލްސް އާއި މި މުބާރާތުގައި ފުރަތަމަފަހަރަށް ވާދަކުރި ސުޕަރ ޔުނައިޓެޑް ސްޕޯޓްސްއެވެ.
މުބާރާތުގެ ފައިނަލަށް އީގަލްސް ދަތުރުކުރީ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. އަދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ފައިނަލަށްދަތުރުކުރީ ސެމީގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން 2-3 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ފ.ނިލަންދޫގައި ކުޅުމަށް އެފްއޭއެމުން ނިންމާފައިރު، ދާދި ފަހުން އެފްއޭއެމް އާއި ޔޫތް މިނިސްޓްރީ ގުޅިގެންޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ކުޅެފައިވަނީ ރ.އަލިފުށި ޓާފް ފުޓްބޯޅަ ދަނޑުގައެވެ.
ކްލަބް އީގަލްސް އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގައެވެ.
ކޮމެންޓު ފޮނުވާ