الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސުންނަތް ނަމާދުތައް ބައިވަރެވެ. ނަމަވެސް ފަރްޟުނަމާދުގެ އިހުގައްޔާއި ފަހުގައި ކުރާ ސުންނަތްތައް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބަޔާން ކޮށް ދެއްވަނީ މިފަދައިންނެވެ. عن النبي صلى الله عليه وسلم قال فيه : (مَنْ ثَابَرَ عَلَى ثِنْتَيْ عَشْرَةَ رَكْعَةً مِنْ السُّنَّةِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الفجر) މާނައަކީ: ސުންނަތުގެ ބާރަ ރަކްޢަތަށް ރައްކާތެރި ވެއްޖެމީހަކަށް މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކޮށްދެއްވާނެއެވެ. މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކްޢަތާއި ފަހުން ދެރަކްޢަތެވެ. އަދި މަޣްރިބްނަމާދުގެ ފަހުން ދެރަކްޢަތެވެ. އަދި ޢިޝާގެ ފަހުން ދެރަކްޢަތެވެ. އަދި ފަތިސްނަމާދުގެ ކުރިން ދެރަކްޢަތެވެ".
ޢަޞްރުނަމާދުގެ ކުރިން ކުރާ ހަތަރު ރަކްޢަތަކީ ރަވާތިބު ސުންނަތުގެ ތެރޭގައި ހިމެނޭ ރަކްޢަތް ތަކެއް ނޫނެވެ. އެހެންނަމަވެސް ސުންނަތްކަން ގަދަވެގެންވާ ހަތަރު ރަކްޢަތެވެ. ނަމަވެސް ރަވާތިބު ސުންނަތްހާ ޘަވާބު ގިނަ ރަކްޢަތް ތަކެއް ނޫނެވެ. ޢަޞްރުކުރީގެ ހަތަރު ރަކްޢަތާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (رَحِمَ اللَّهُ امْرَأً صَلَّى قَبْلَ الْعَصْرِ أَرْبَعًا) މާނައަކީ: "ޢަޞްރުގެ ކުރިން ހަތަރު ރަކްޢަތް ކޮށްފި މީހަކަށް މާތް ﷲ ރަޙްމަތް ލައްވާނެއެވެ".
ރަވާތިބު ސުންނަތް ތައް ކުރާނީ ދެރަކްޢަތުން ދެރަކްޢަތުންނެވެ. ކޮންމެ ދެރަކްޢަތަކަށްފަހުގައި ސަލާމް ދީފައެވެ.
واللهأعلم
ކޮމެންޓު ފޮނުވާ