ރާޝިދު ހުވާކުރުން މާދަމާ

ރާޝިދު ހުވާކުރުން މާދަމާ

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2022 06:21
0

ކޮމަންޑޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދު މެންބަރުކަމުގެ ހުވާކުރުން މާދަމާ އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރާޝިދު މެންބަރުކަމުގެ ހުވާ ކުރައްވާނީ ހެނދުނު 0830 ގައި މަޖިލީހުގެ އިދާރާގައި ބާއްވަވާ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. 0830ގައި މެންބަރުކަމުގެ ހުވައި ކުރެއްވުމަށްފަހު މާދަމާ 0900ގައި ފަށާ މަޖިލީހުގެ ޖަލްސާގައިވެސް ރާޝިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވާދަވެރިކޮށް ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ އިންތިޚާބު ރާޝިދު ކާމިޔާބުކުރެއްވީ 240 ވޯޓްގެ ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

މިއިންތިޚާބު ރާޝިދު ކާމިޔާބް ކުރެއްވީ 1،441 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.