މާލެ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ވެމްކޯއިން ފަށައިފި

މާލެ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ވެމްކޯއިން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2020 12:13
0

ވެރިރަށް މާލެ ސިޓީ ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ފަށައިފިއެވެ.

މިއަދު ހެދުނުން ފެށިގެން މާލެސިޓީގެ ހުރިހާ ސަރަހައްދެއްގައި ހުރި ކުނިތައް ނެގުމާއި، މަގުމަތި ރީތި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިމަސައްކަތް ފެށުމުގެ ކުރިން ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވަނީ މިކަމުގައި ހަރަކާތްތެރިވާ މީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވާފައެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނި މާލެ ސިޓީ ސާފު ކުރުމުގެ މަަސައްކަތް ފަށާފައިވަނީ ޖުމްހޫރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުންކަމަށެވެ. ދޭތެރެ ދޭތެރެއިން ސިޓީ ކައުންސިލުން އިސްނަގައިގެން މާލެތެރެ ސާފު ކުުރުމުގެ މިފަދަ ޕްރޮގުރާމްތައް ކުރިއަށް ގެންދެއެވެ. ސިޓީ ކައުންސިލުން މިމަސައްކަތް ފަށާފައިވާއިރު، މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުންދަނީ މާލޭގެ ކުނީގެ ކަންކަން ބަލަހައްޓަމުންދާ ވެމްކޯއިންނެވެ.

މިއަދުގެ ސާފުކުރުމުގައިވެސް ވެމްކޯގެ ގިނަ އަދަދެއްގެ މުވައްޒިފުން ބައިވެރިވެފައިވެއެވެ. މާލެ ސިޓީ ކައުންސިލުން ދަނީ ޖުމްހޫރީ ދުވަހުގައި ލޮނުޒިޔާރަތް ޕާކް ހުޅުވުމަށްވެސް ތައްޔާރުވަނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.