ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ ހަތަރު ވަނައަށް

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ ހަތަރު ވަނައަށް

Author
ޔޫސުފް
07 ފެބްރުއަރީ 2022 02:30
0

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ޖެހި ލަނޑުތަކުން މޮޅުވެ ބާސެލޯނާ ލީގު ތާވަލްގެހަތަރު ވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ބާސެލޯނާގެ ދަނޑު ކޭމްޕް ނޯ ގައި ކުަޅުނު ފޯރިގަދަ މި މެޗު އެޓީމުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ވަނީ ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި އެޓީމާއި އަލަށް ގުޅުނު ކުޅުންތެރިން ކަމަށްވާ ޕިއޭ އެމްރިކް އަބާމަޔާން އާއި ބާޓްރެންޑް ޓްރެއޯރޭފެނިގެން ގޮސްފައެވެ.

މި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެތުލެޓިކޯ އިންނެވެ. މި ލަނޑު މެޗުގެ 8 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޔަނިކް ކަރެސްކޯއެވެ. ނަމަވެސް އޭގެ 2 މިނެޓު ފަހުން ބާސެލޯނާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ގަވީއެވެ. އަދި ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ބާސާގެތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަރައުހޯއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ބާސެލޯނާއިން ވަނީ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ބޮޑު ލީޑެއް ނަގާފައެވެ. މި ލަނޑު ބާސާއަށްކާމިޔާބުކޮށްދިނީ ޑެނީ އަލްވޭސްއެވެ. މިއީ ދެވަނަ ފަހަރަށް ބާސެލޯނާއަށް ބަދަލުވެ އަލްވޭސް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެއެވެ. މި މެޗުގައިއެތުލެޓިކޯ އިން ޖެހި 2 ވަނަ ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިޒް ސުއަރޭޒްއެވެ.

މި ނަތީޖާއާއެކު ބާސާއަށް 22 މެޗުން 38 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގައެވެ. އެތުލެޓިކޯއަށް 22 މެޗުން 36 ޕޮއިންޓްލިބިފައިވުމުން އެޓީމު ވަނީ ފަސް ވަނައަށް ވެއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.