އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ މުބާރާތް ބާއްވާ ގައުމު ކެމަރޫން ބަލިކޮށް މިސްރު ފައިނަލުގެ ފަހު ޖާގަކަށަވަރުކޮށްފިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ވަނީނުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކެމަރޫންގެ މައްޗަށް މިސްރު ކުރި ހޯދީ 1-3 ގެ ނަތީޖާ އަކުންނެވެ.
މުބާރާތުގެ ފައިނަލްގައި މިސްރު ވާދަކުރަން ޖެހޭނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބުރްކީނާ ފަސޯ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ސެނެގާލްއާއި ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 12:00 ގައެވެ. އަދި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށްތާވަލްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 12:00 އަށެވެ. މި މެޗުގައި ބައްދަލުކުރާނީ ބުރްކީނާ ފަސޯ އާއި ކެމެރޫންއެވެ.
ކޮމެންޓު ފޮނުވާ