ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި 95 އަހަރުގެ މީހަކީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ ކާފާފުޅެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ އިއްޔެ ހެނދުނު 06:17 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީއަށް ގެންދިޔަ މީހެއް ކަމަށެވެ.
ޑރ.ޝަހީމް ވަނީ ކާފާފުޅާއިއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުޢާ ކުރައްވާފައެވެ. ޑރ.ޝަހީމްގެ މި ޕޯސްޓަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހެޔޮ ދުޢާކުރައްވައި މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުމަށްއެދި ދުޢާ ކުރައްވާފައެވެ. ޚަބަރު އޮންލައިންގެ ފަރާތުންވެސް ޑރ.ޝަހީމްގެ ކާފާފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާކުރަމެވެ.
ޢުމުރުން 95 އަހަރުގައި، އަޅުގަނޑުގެ ލޮބުވެތި ކާފަ ( ޙުސައިން ފުތު، ފުރުކުމާގެ، ގއ. މާމެންދޫ) ވަނީ ނިޔާވެފަ. ކާފަ ނިޔާވީ ކޮވިޑްބަލީގަ. މާތް ރަސްކަލާންގެ ކާފައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. އާމީން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޢުމުރުން 95 އަހަރުގައި،އަޅުގަނޑުގެ ލޮބުވެތި ކާފަ ( ޙުސައިން ފުތު، ފުރުކުމާގެ، ގއ. މާމެންދޫ) މިރޭ ވަނީ ނިޔާވެފަ. ކާފަ ނިޔާވީ ކޮވިޑްބަލީގަ. މާތް ﷲ ކާފައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. އާމީން.
إنا لله وإنا إليه راجعون pic.twitter.com/XelQGKQcjv— Mohamed Shaheem Ali Saeed (@Mohamedshaheem1) January 31, 2022
މިމަރާއެކު ރާއްޖެއިން ކޯވިޑުގައި ނިޔާވި މީހުންގެ ޢަދަދުވަނީ 276އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހުގެ މިހާތަނަށް ނިޔާވި 14ވަނަ މީހާވެސްމެއެވެ. ކޯވިޑް ބަލީގައިވެސް ރާއްޖެއިން ފާހަކަ ކޮށްލެވޭ ގިނަ ޚިދުމަތްތެރިން ވަނީ މިދުނިޔެއާއި ވަކިވެގެން ގޮސްފައެވެ.
ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ