އެފްރިކަން ކަޕް: ކެމަރޫން އަދި ބުރްކީނާ ފާސޯ ސެމީ އަށް

އެފްރިކަން ކަޕް: ކެމަރޫން އަދި ބުރްކީނާ ފާސޯ ސެމީ އަށް

Author
ހުސެއިން
30 ޖެނުއަރީ 2022 08:00
0

މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ކެމަރޫން އަދި ބުރްކީނާ ފާސޯ ދަތުރުކޮށްފިއެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫން ސެމީ ފައިނަލަށް ދަތުުރުކުރީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ގެމްބިއާގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދައިިގެންނެވެ. އަދި ބުރްކީނާ ފާސޯ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކުރީ ޓިއުނީޝިއާ 0-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ކެމަރޫން އިން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން ކެމަރޫން އަށް ލީޑު ނަގައިދިން ލަނޑުމެޗުގެ 50 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ކާލް ޓޯކޯ އެކަމްބީއެވެ. އަދި ކެމަރޫން އަށް ލީޑު ފުޅާކޮށްދިން ލަނޑު 57 ވަނަ މިނެޓުގައިކާމިޔާބުކޮށްދިނީ، ޓޯކޯ އެކަމްބީއެވެ.

މި ނަތީޖާއާއެކު ސެމީ ފައިނަލުގައި ކެމަރޫން ވާދަކުރަން ޖެހޭނީ މިސްރާއި މޮރޮކޯ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބުރްކީނާ އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގައި ބުރްކީނާ އިން ޖެހި ހަމައެކަނި ލަނޑު އެޓީމުން ޖަހާފައިވަނީ މެޗުގެފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޑަންގޯ ކުއަޓްއާރާއެވެ.

ބުރްކީނާ ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ، ކުއާޓާ ފައިނަލުގައި ސެނަގާލް އާއި އިކުއޭޓްރަލް ގިނީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.