"ކޮރަޕްޝަން ޕާކް" މިމަހު ހުޅުވާއިރު، މިހާރު ހުރި ޕާކްތައްވެސް ނުބެލެހެއްޓި ވަނީ ވީރާނާވާން ދޫކޮށްލާފައި: ޑރ.މުޢިއްޒު

"ކޮރަޕްޝަން ޕާކް" މިމަހު ހުޅުވާއިރު، މިހާރު ހުރި ޕާކްތައްވެސް ނުބެލެހެއްޓި ވަނީ ވީރާނާވާން ދޫކޮށްލާފައި: ޑރ.މުޢިއްޒު

Author
މުޙައްމަދު ޖިމީ
06 ނޮވެމްބަރ 2020 08:13
0

މިމަހު 11 ގައި ކޮރަޕްޝަން ޕާކު ހުޅުވާއިރު، މިހާތަނަށް މާލޭގައި ހުރި އެއްވެސް ޕާކެއް ރަނގަޅަށް ބަލަހައްޓާމުން ނުދާކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިސަރުކާރުން ގިނަ ދުވަސްތަކެއް ވަންދެން ތަރައްްީކުރަމުން އައި ލޮނިޒިޔާރަތް ޕާކު މިމަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެޕާކް ތަރައްޤީކުރިއިރު، އެތަނުގެ ފާޚާނާ ބަރިއެއް ތަރައްޤީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުއާމަލާތްތަކެއް ހިންގާފައިޥާތީ މާލޭގެ މޭޔަރުގެ މައްޗަށް ދައުޥާކުރުމަށް އޭސީސީން ވަނީ ޕްރޮސެކއިުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މާލޭ ލޮނުޒިޔާރަތް ޕާކް މިއަހަރުގެ ޖެނުއަރީން ފެށިގެން ހުޅުވުމަށް އެކި ތާރީޚްތައް ދެމުން އައިނަމަވެސް އަދިވެސް އެޕާކް އާންމުންނަށް ހުޅުވާފައެއް ނުވެއެވެ.

މިމަހުގެ 11 ގައި ލޮނުޒިޔާރަތް ޕާކު ހުޅުވުމަށް ނިންމާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ އޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓްއްގައި ވަނީ އެތައް ތާރީކެއް ދިނުމަށްފަހު ނޮވެމްބަރު 11 ގައި "ކޮރަޕްޝަން ޕާރކް" ހުޅުވާކަމާމެދު ސުވާލުއުފައްދާ ވިދާޅުވީ މާލޭގައި ހުރި ހުރިހާ ޕާކްތަކާއި މައިދާންތައް މިސަރުކާރުން  ނުބަލަހައްޓާތީ ވީރާނާވާން ދޫކޮށްލާފައިވާކަމަށެވެ.

މާލޭގައި ހުރި ހުރިހާ ޕާކްތަކާއި މައިދާންތައް މަރާމާތުކޮށް އަބަދުވެސް ސާފުކޮށް ބެލެހެއްޓުމަށް ގޮވާލަން

-ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު

މާލޭގެ މޭޔަރުކަމަށްވެސް ވާދަކުރައްވާ މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް ސުނާމީ ބިނާ ބަހައްޓާފައި ހުރި ސަރަހައްދު ފަސްވަރަކަށް ފަހަރު މަރާމާތުކޮށްފައިވާކަމަށް މާލެސިޓީގެ މޭޔަރު ވިދާޅުވެފައިވާތީ މުޢިއްޒު ވަނީ ކުރިން އެކަމަށްވެސް ރައްދުދެއްވާފައެވެ. މުޢިއްޒު ވިދާޅުވެފައިވަނީ މޭޔަރު ވިދާޅުވާ މަރާމާތެއް ކުރިތަން ފެންނަ މީހަކު މާލޭގައި ހުރިހެން ހީނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.