ސައުތު ކޮރެއާގެ "ދަ ބޯއީޒް" ބޭންޑްގެ މެމްބަރު އެރިކް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެރިކް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި އަމިއްލައަށް އެކަހެރިވެ، ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.
އެރިކް ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ އޭނާ ކޯވިޑް ވެކްސިންގެ 3 ޑޯޒް ފުރިހަމަ ކޮށްފައި ވަނިކޮށެވެ.
އޭނާގެ ކިބައިން ކޯވިޑްގެ އަލާމާތްތައް ނުފެންނަ ކަމަށާއި އަދި އެރިކް ޕޮޒިޓިވް ވުމާއި ގުޅިގެން ގްރޫޕުގެ އެހެން މެމްބަރުން ވެސް ޓެސްޓް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އާދީއްތަ ދުވަހު "ދަ ބޯއީޒް"ގެ ބައިވެރިން ވަނީ 31 ވަނަ ސޯލް މިއުޒިކް އެވޯޑްގައިވެސް ބައިވެރިވެފައެވެ. 11 ބައިވެރިންގެ މައްޗަށް ހިމެނޭ މި ބޭންޑްގެ އެއް ބައިވެރިއަކު ޕޮޒިޓިވް ވުމުން ބޭންޑްގެ ކުރިއަށް ހުރި ޝެޑިއުލް ތަކަށް ބަދަލުގެންނާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
2017 ވަނަ އަހަރު އުފެދުނު ބޭންޑްގެ އެންމެ ފަހުގެ އަލްބަމް އަކީ "މަވެރިކް" އެވެ.