މިނިސްޓަރ މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މިނިސްޓަރ މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2022 10:58
0

ޔޫތު މިނިސްޓަރ އަހްމަދު މަޚްލޫފްގެ އަނބިކަބަލުން ނަޒްރާ ނަސީމްއާއި ދަރިކަނބަލުން ލައިބާ އަޙްމަދު މަޚްލޫފް (އެލީ) ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިނިސްޓަރ މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ކޯވިޑަށް ޕޮޒިޓިވްކަން ހާމަކުރެއްވި ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މިނިސްޓަރ  މަޚްލޫފް ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ބައިވެރިވެވަޑައިގަތުމަށް ރ.އަލިފުށީގައި ހުންނަވަނިކޮށެވެ.

ނަޒްރާ އަކި ނާއިބު ރައީސްގެ ޗީފް އެގްޒެކްޓިވްއެވެ. އަދި ނާއިބު ރައީސްގެ ކޮއްކޯފުޅެވެ.

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާވެސް ވަނީ އިއްޔެ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު 2400އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.