ވިރާޓާއި އަނުޝްކާގެ ދަރިފުޅުގެ ފޮޓޯއެއް ވައިރަލް ވެއްޖެ

ވިރާޓާއި އަނުޝްކާގެ ދަރިފުޅުގެ ފޮޓޯއެއް ވައިރަލް ވެއްޖެ

Author
ފާތިމަތު ނާވީ
25 ޖެނުއަރީ 2022 01:56
0

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އާއި އިންޑިއާ ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީގެ ދަރިފުޅު ވަމިކާގެ ފޮޓޯއެއް ވައިރަލް ވެއްޖެއެވެ.

މިހާރު އަހަރެއް ވެފައިވާ ވަމިކާގެ މޫނު ރީތިކޮށް ފެންނަ ފޮޓޯއެއް މިހާތަނަށް އަދި އެމީހުން އާންމުކޮށްފައި ނުވާއިރު މީގެކުރިން ވަމިކާގެ މޫނުފެންނަ ފޮޓޯއެއް، މީޑިއާއަކުން ނެގުމުން އަނުޝްކާ އާއި ވިރާޓްވަނީ ފޮޓޯ އާންމު ނުކުރަން އެދިފައެވެ. އެހެންކަމުން އެއްވެސް މީޑިއާ އަކުން ފޮޓޯ އާންމުކޮށްފައެއް ނުވެއެވެ.

ނަމަވެސް އިއްޔެ ވަނީ ވަމިކާގެ ވީޑިއޯ ކޮޅެއް ވައިރަލް ވެފައެވެ. ވަރަށް ރީތިކޮށް ވަމިކާ ފެންނަން ހުރި މި ވީޑީއޯ ކޮޅު ވައިރަލް ވުމުން އަނުޝްކާ އާއި ވިރާޓް ވަނީ ވަރަށް ހިތްހަމަނުޖެހިފައެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި ފޮޓޯ އަކީ ސައުތު އެފްރިކާގައި މިހާރު ކުޅެމުންދާ ކްރިކެޓް މެޗެއް ބަލަން ހުއްޓާ ޓީވީން ވަގުތުން ދެއްކި މަންޒަރުން އާންމުވި ވީޑީއޯ ކޮޅެކެވެ. މި ވީޑިއޯ އާއި ވީޑިއޯގެ ސްކްރީން ޝޮޓްތައް އާންމުވުމުން ގިނަބަޔަކު ބުނަމުން ދަނީ ވަމިކާ އަކީ ހަމަ ކުޑަކުޑަ ވިރާޓެއް ކަމަށެވެ. އަދި ވިރާޓްގެ ކުޑައިރުގެ ފޮޓޯއަކާއެކު ދަރިފުޅުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މީހުން އަންނަނީ ދައުރު ކުރަމުންނެވެ.

އަނުޝްކާ އާއި ވިރާޓް ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު އިޓަލީގައެވެ. އަދި ވަމިކާ ލިބުނީ 11 ޖެނުއަރީ 2021 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.