ސިނަމާލެ ބްރިޖް ހައިވޭގައި މިއަދު ހަވީރު ދެ ސައިކަލު ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. އެކްސިޑެންޓާ ބެހޭ ރިޕޯޓެއް ފުލުހުންނަށް ލިބުނީ ހަވީރު ގާތްގަނޑަކަށް 16:55 ގައެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުންނާއި ލިބުނު ގެއްލުންތަކާ ބެހޭ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަމުންދެއެވެ.
ރާއްޖޭގައި ވަރުގަދަ އެކްސިޑެންޓުތައް ހިނގާ މިންވަރު ފަހުކާލަމު އިތުރުވަމުން އަންނައިރު، މިފަދަ ހާދިސާތަކުގައި ގިނަ ބަޔަކު ފުރާނަ ވެސް ގެއްލިފައިވެއެވެ.
ކޮމެންޓު ފޮނުވާ