ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ޚާއްސަ މެޝިނަރީއަށް ދަނީ އިންވެސްޓްކުރަމުން: އެމްޓީސީސީ

ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ޚާއްސަ މެޝިނަރީއަށް ދަނީ އިންވެސްޓްކުރަމުން: އެމްޓީސީސީ

Author
މުޙައްމަދު ޖިމީ
23 ޖެނުއަރީ 2022 10:04
0

ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ޚާއްސަ މެޝިނަރީއަށް އިންވެސްޓްކުރަމުން އަންނަކަމށް އެމްޓީސީން ބުނެފިއެވެ. ބަނދަރުފަދަ ތަންތަން ފުންކުރާއިރު ހަރު އާނު ކެނޑުމަކީ މަޝްރޫޢުގެ ތެރެއިން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެމްޓީސީސީން މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްކުރަމުން ދާއިރުވެސް ވަނީ މިފަދަ ކަންކަމާ ދިމާވެފައެވެ. ނަމަވެސް މިހާރު ވަނީ އެކަން ހައްލުކޮށް ފުންކުރުމުގެ މަސައްކަތް ނިންމާލާފައެވެ.

އެމްޓީސީސީން ބުނީ، އއ.މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އެކުންފުނިން ބުނީ ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ޚާއްސަ މެޝިނަރީއަށް އިންވެސްޓްކުރަމުންދާކަމަށެވެ.

މާޅޮހުގައި 1999ވަނަ އަހަރު ބަނދަރެއް ތަރައްޤީކުރީ ވިލާ ގްރޫޕާއި އަތަމާ ގްރޫޕުން ބ.އަތޮޅުގައި ރިސޯޓް ހަދަމުން ދިޔަދުވަސްވަރު އެ ދެފަރާތުގެ ދީލަތި އެހީތެރިކަމާއެކު، އެރަށު ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ. އެދުވަސްވަރު ހެދި ގިނަ ބަނދަރުތައް ހަލާކުވާން ފެށީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާއާ ގުޅިގެންނެވެ.

މާޅޮހު ބަނދަރުވެސް އެއަހަރުން ފެށިގެން ހަލާކުވަމުންގޮސް މިހާރުވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. އެހެން ރަށްރަށާ ޚިލާފަށް މާޅޮހު ކައުންސިލުން ރައްޔިތުންނާ ގުޅިގެން ކުރެވޭވަރަކަށް އައީ ބަނދަރު ތަރައްޤީ ކުރަމުންނެވެ. އެގޮތުން 2015ވަނަ އަހަރު ބަނދަރު ބޭނުން ނުކުރެވޭވަރަށް,އެއްގަމު ތޮށިން ބޮޑުބައެއް އަރި އަޅާލައި ހަލާކުވުމުން ކައުންސިލުން އިސްވެ އެތަން މަރާމާތުކުރިއެވެ.

ބަނދަރުގައި އޮޑި ދޯނިފަހަރު އެޅުމަށް މިހާރު ބޭނުން ކުރަމުން އަންނަނީ ބަނދަރުގެ ހުރަހަށް ހަދާފައިވާ ދެ ސަރަހައްދެވެ. އެއްގަމާ ވީފަޅިން ތޮށިގަނޑާއެކު ބަނދަރުގެ ބޮޑު ބައެއް މިހާރުވަނީ ވެއްޓިފައެއެވެ. މިރަށަކީ ބޮޑެތި އޮޑި ދޯނިފަހަރު ގެންގުޅޭރަށަކަށްވާތީ މިކަމަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މާޅޮހުގައި ތަރައްްޤީކުރާ ބަނދަރު މަޝްރޫޢާއެކު އެރަށަށް ދިމާވެފައިވާ ލަފާފުރުގެ ދަތިކަމަށް ހައްލެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.