ރާޝިދުގެ ކެމްޕެއިނަށް ނަޝީދު ވަޑައިގަތުމުން، ފޯކައިދޫން ހޫނު މަރުހަބާއެއް!

ރާޝިދުގެ ކެމްޕެއިނަށް ނަޝީދު ވަޑައިގަތުމުން، ފޯކައިދޫން ހޫނު މަރުހަބާއެއް!

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2022 05:26
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފޯކައިދޫއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރައީސް ނަޝީދު މިއަދު ފޯކައިދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިނިސްޓަރ މާރިޔާއާއި، ހެލްތު މިނިސްޓަރ ނަސީމް ހިމެނޭހެން އެމްޑީޕީގެ އިސްބޭފުޅުން ފޯކައިދޫއަށް ވަޑައިގެންނެވިއިރު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ކިޔުމަށް ބަނދަރަށް ނިކުމެފައެވެ.

ރައީސް ނަޝީދު ފޯކައިދޫއަށް ވަޑައިގެންނެވިއިރު، ރައީސް ޞާލިހު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މިދަތުރުގައި ބައިވެރިވެވޭގޮތް ވަނީ ނުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

ފެބްރުއަރީ މަހުގެ 5ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ.

ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ސްކޫލް ކުދިން ގިނައީ
ޢ ޢަވާމެނދުރު
ޢެތްމެނަނަވެސް ހޫނުމަރުހަބާއެތް އެތްޕާޓީއަކަންވެސް ފިނިމަރުހަބާއެތް ނެތް
ތ ތުންތުންމަތި
ތިދާއިރާއަކީީ ވަރައްް އެކަހަރިކޮއްފާއޮންނަަ ދާއިރާއެއްް މަކަރުވެރިކަމާއިި އެކުު ހީލަތްތެރިި ރޭވުމަކުންް މިފަހަރުވެސްް ވޯޓްް ޖަހައިގަންނަންް އެމަސައްކަތްކުރަނީީ ރައްޔިތުންގެެ ވިސްނުންް އިސްކޮއްް އެންމެެ ގާބިލްމީހަކައްް ވޯޓްދެއްވާާ ޖާހިލުކަމާއިި ލާދީނިއްޔަތާާ ބައިބައިވުމައްް ހިތްވަރުދޭނެެ މީހަކައްް ފުސަތުނުދެއްވާތިި