ފެންނުވަރާ ހުންނަތާ 67 އަހަރު ވެފައިވާ މީހެއް!

ފެންނުވަރާ ހުންނަތާ 67 އަހަރު ވެފައިވާ މީހެއް!

Author
ފާތިމަތު ނާވީ
23 ޖެނުއަރީ 2022 07:36
0

67 އަހަރު ތެރޭ އެއްވެސް ވަރަކަށް ފެންނުވަރާ މީހެއް ހުރިކަން އެނގޭ ހެއްޔެވެ؟. އުމުރުން 87 އަހަރުވެފައިވާ އަމައު ހާޖީ ފެންނުވަރާތާ މިހާރު 67 އަހަރުވެދާނެއެވެ.

މިއީ އިރާނުގެ ކަރްމަންޝާހް ޕޮރޮވިންސްގެ އަވަށެއްކަމަށްވާ ދެޖާހްގައި ދިރިއުޅެމުން އަންނަ މީހެކެވެ. މިމީހާ އެންމެ ވައްތަރީ ދުން ހޮޅިއަކުން ފައިބައިގެން އުޅޭ މީހަކާއެވެ.

މިމީހާ އަބަދުވެސް ފެންނަނީ ކިލާ ނުވަތަ އަޅިން ތަތްތެޅިފައި ހުންނަ ހެންނެވެ. މިމީހާ ބުނެފައިވާ ގޮތުން ފެންނުވަރާ ހުންނަނީ ފެނަށް ބިރުގަންނާތީއެވެ. އަދި ފެންވަރައިފިނަމަ އޭނާ ބަލިވެދާނެކަމަށް ގަބޫލުކުރާކަމަށްވެސް އޭނާވަނީ ބުނެފައެވެ.

މިއަށްވުރެ އާދަޔާޚިލާފު ކަމަކަށް ފާހަގަވަނީ މިމީހާގެ ޑައެޓްގައި ހިމޭނޭ އެއްޗެއްސެވެ. މަރުވެފައިވާ ޖަނަވާރުގެ ކުނިވެފައި ހުންނަ މަހެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ލޯބިކުރާއިރު މި މީހާ ބޮނީ ދުންފަތެއް ނޫނެވެ. އޭނާ އިސްތިއުމާލު ކުރަނީ ޖަނަވާތުގެ ބޮޑުކަމުދާ ތަކެތި އަޅާފައި ދަބަރު ޖަހާފައިވާ ހޮޅިއަކުންނެވެ.

ތެހްރާން ޓްއިމްސްގައި ވާގޮތުން ހާޖީ މިގޮތަށް އެކަހަރިވެގެން އުޅެނީ އޭނާގެ ޒުވާން އުމުރުގައި ކުރިމަތިވި ކަންތައްތަކެއްގެ ސަބަބުންނެވެ. މި މީހާ އުޅެނީ އަބަދުވެސް ހަނގުރާމާގެ މައިދާނުގައި އަޅާ ކަހަލަ ހެލްމެޓެއް އަޅައިގެންނެވެ. މިއީ ފިނި ދުވަސްތަކުގައި ފިނިން ރައްކާތެރި ވުމަށެވެ.

ހަޖީ ދިރިއުޅެނީވެސް އެހެންމީހުންނާއި ވަކިން އަދި އާދަޔާޚިލާފަށެވެ. އާންމުކޮށް ދިރި އުޅެނީ ބިމުގައި ސަންދޯކެއް ކަހަލަ ވަޅެއް ކޮނެގެންނެވެ. އަދި ބައެއް ފަހަރަށް ގަލުން ހަދާފައި ހުންނަ ކުޑަ ތަންކޮޅެއްގެ ތެރޭގައެވެ. މިއީ މީހުން މި މީހާއަށް ހަމްދަރުދީވެގެން ހަދާފައި ހުންނަ ތަންކޮޅެކެވެ.

ދުވާލަކަށް 5 ލީޓަރު ފެންބޯ މި މީހާ އިސްތަށި ކޮށުމުގެ ބަދަލުގައި އުޅެނީ އަލިފާނުން އަނދައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.