ހުޅުމާލޭގައި ކޯވިޑް ސާމްޕަލް ނެގުން ކަނު އަނދިރީގައި!

ހުޅުމާލޭގައި ކޯވިޑް ސާމްޕަލް ނެގުން ކަނު އަނދިރީގައި!

ހުޅުމާލޭގައި ކޯވިޑް ސާމްޕަލް ނެގުމަށް ތައްޔާރު ކޮށްފައިވާ ސަރަހައްދުގައި އެއްވެސް އަލިކަމެއްނެތި، ކަނު އަދިރީގައި އެކަން ކުރަންޖެހޭތީ އެދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޝުޖާވަނީ ހުޅުމާލޭގައި ސާމްޕަލް ނެގުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދުގެ ފޮޓޯއާއިއެކު ޓުވީޓެއް ކުރައްވާފައެވެ. ހުޅުމާލޭގެ ރައްޔިތުން ކިއުގައިޖެހި ސާމްޕަލަން ނަގަން ހަމަޖެހިފައިވާ ތަނުގައި ކަރަންޓު ނެތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހައްގުވާ މިންވަރު ނޫންކަމަށްވެސް ޝުޖާ ވަނީ ވިދާޅުވެފައެވެ.

މިއީ އަޅުގަނޑުގެ ދާއިރާ ހުޅުމާލެ ރައްޔިތުންނަށް ހައްޤުވި މިންވަރުތޯ؟ އެޗްޑީސީން އަމާބުނީތީ ފަރަށްދާ އުސޫލުން ކޮންމެކަމެއް ތިކޮށްލަނީ. ރައްޔިތުން ކޮޅަށް ކިޔުގައި ނުބާތިއްބަން ޓެންޓެއް ޖަހާފަ، އެތަނަށް ކަރަންޓު ކޮޅެއް ލިބޭނެ ގޮތް ހަދާނުލެވުނު ވިޔަފާރި ކުންފުންޏެއްތީ. ދެރަވަރު!

– ޝުޖާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިމާވާ ކޮންމެ މައްސަލައެއްވެސް ހައްލު ކުރަންޖެހެނީ ގަދަބާރުން ކަމަށާއި، ރައްޔިތުންނަށް ތަކުލީފް ނުއުފުލޭ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާކަމަށް ޝުޖާ ވިދާޅުވިއެވެ.

ކޮންމެ ކަމެއްވެސް ހައްލު މިވަނީ މިވަރު ކޮށްލީމަ. އަޅުގަނޑުގެ ހިތައް މިމަންޒަރުތައް ފެނުމުން އަސަރުކުރޭ. އެތަނުގައި ކުޑަކުދިން ގޮވައިގެން މާބަނޑު އަންހެނުން އެތިއްބަވަނީ ކަނު އަނދިރީގަ.

– ޝުޖާ ވިދާޅުވިއެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު 2،000 އިން މައްޗަށް ވަނީ އަރާފައެވެ. ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ސާމްޕަލް ނަގަން ދާމީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް 250،000 އާބާދީ އެއް އޮންނަ މާލެ ސަރަހައްދުގައި ސާމްޕަލް ނެގުމަށް ހަމަޖައްސާފައިވަނީ އެންމެ 3 ސެންޓަރެވެ. އެސެންޓަރުތަކުގައިވެސް މަދު މުވައްޒިފުންތަކެއް ސާމްޕަން ނެގުމުގެ މަސައްކަތް ކުރާއިރު، ދިގު ކިއުތަކުގައި ކުޑަ ކުދިންނާއި، އުމުރުން ދުސްވީ މީހުންވެސް އެތައް ގަނޑި އިރެއް ވަންދެން ތިބެންޖެހޭތީ ގިނަ ބައެއްގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ކޯވިޑްގައި ސަރުކާރަށް ތައްޔާރުވުމަށް 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށްވެސް އަދި އިންތިޒާމު ހަމަޖެއްސުމަށްވެސް ކުރަންޖެހޭ ވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *