ރައީސް ޔާމީންގެ ގޮވާލުމާއި އެއްގޮތަށް ގޭގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖަހަން ފަށައިފިއެވެ.
ގޭގެ ފާރުތަކުގައިވެސް "އިންޑިއާ އައުޓް" ޖެހުމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ގޮވާލެއްވީ މިމަހު 14ގައި ށ.ފުނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޔާމީންގެ އެ ގޮވާލުމާއި އެއްގޮތަށް ރ.ދުވާފަރުގެ ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ޖެހުމުގެ ކަންކަން ފޯރިއާއެކު ދަނީ ކުރިއަށެވެ.
#MeeMageyRaaje #IndiaMilitaryOut #DefendMaldives R. Dhuvaafaru geygey ge faaru thakuga rayyithun nukume #IndiaOut jehumuge harakaai baara kuriya dhaniee. pic.twitter.com/dQqp7nNy5g
— KEVIN (@kevincosna) January 19, 2022
އިންޑިއާ އައުޓް ކެމްޕެއިން ފުޅާކުރުމަށް ކުރާމަސައްކަތުގެ ދަށުން އިއްޔެ ށ.ފުނަދޫއަށް ރައީސް ޔާމީން ވަޑައިގެން ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ފޮޓޯ ބޭރު ދުނިޔެއަށްވެސް ފެންނަން ޖެހޭކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅު ހެދުމުގެ ގޮތުން ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށްވެސް ގޮވާލައްވާފައެވެ.
ގޭގޭގެ ފާރުތަކުގައިވެސް "އިންޑިއާ އައުޓް" ޖެހުމަށް ޔާމީން ގޮވާލައްވައިފި
ޔާމީން ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ޝުޢޫރަށް އިހްތިރާމް ކުރަމުން ނުދާކަމަށެވެ. ރާއްޖެ މިހާރު މި އޮތް ހާލަތަށް ގޮސްފައިމިވަނީ ބަލިމަޑުކަމުގެ ސަބަބުން ނޫންކަމަށެވެ. މިއީ ސަރުކާރުން ޤައުމު ގެންދިޔަ ހާލަތުކަމަށާއި، މިސަރުކާރުން ބޭނުންވާ ކަންކަން ކުރަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތައް ވައި ކޮށްފައިވާކަމަށާއި، އަތާ ފަޔާ ބާނައިގެން ބޮޑެތި އަދަދުތަކުން ފައިސާ ސަރުކާރާ ގާތް ކުންފުނިތަކަށް ދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަނެއް ދިވެހިރާއްޖެ ބޭނުން ނުވާކަމަށާއި، ދިވެހިން ބޭނުންވަނީ ދިވެހިރާއްޖެކަމަށެވެ.
#IndiaOut growing bigger,becoming louder n reaching every mv doorstep!This is The Voice of Maldivians @ibusolih @MohamedNasheed @MDPSecretariat @HCIMaldives know that these ain’t some opposition few bots or druggies act! It’s Maldivians n their wish! Respect it! #IndiaOut pic.twitter.com/1fTLFJPLbd
— ashi habyb ????????❤️????????❤️ (@AshiHabyb) January 19, 2022
އިންޑިއާއަކީ ގާތް ރަހުމަތްތެރި ޤައުމެއްކަމަށާއި، އިންޑިއާއާއި އެޤައުމުގެ ރައްޔިތުންނާ މައްސަލަ ނެތްކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، މައްސަލަަ އޮތީ އިންޑިއާ ސަރުކާރާކަމަށެވެ.
ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވަނިކޮށް ފުނަދޫ ސްކޫލް ފާރުގައި އިންޑިއާ އައުޓް ޖެހި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ކޮމެންޓު ފޮނުވާ