ގޭގޭގެ ފާރުތަކުގައިވެސް "އިންޑިއާ އައުޓް" ޖެހުމަށް އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
އިންޑިއާ އައުޓް ކެމްޕެއިން ފުޅާކުރުމަށް ކުރާމަސައްކަތުގެ ދަށުން އިއްޔެ ށ.ފުނަދޫއަށް ރައީސް ޔާމީން ވަޑައިގެން ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ފޮޓޯ ބޭރު ދުނިޔެއަށްވެސް ފެންނަން ޖެހޭކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅު ހެދުމުގެ ގޮތުން ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށްވެސް ގޮވާލައްވާފައެވެ.
ޔާމީން ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ޝުޢޫރަށް އިހްތިރާމް ކުރަމުން ނުދާކަމަށެވެ. ރާއްޖެ މިހާރު މި އޮތް ހާލަތަށް ގޮސްފައިމިވަނީ ބަލިމަޑުކަމުގެ ސަބަބުން ނޫންކަމަށެވެ. މިއީ ސަރުކާރުން ޤައުމު ގެންދިޔަ ހާލަތުކަމަށާއި، މިސަރުކާރުން ބޭނުންވާ ކަންކަން ކުރަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތައް ވައި ކޮށްފައިވާކަމަށާއި، އަތާ ފަޔާ ބާނައިގެން ބޮޑެތި އަދަދުތަކުން ފައިސާ ސަރުކާރާ ގާތް ކުންފުނިތަކަށް ދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަނެއް ދިވެހިރާއްޖެ ބޭނުން ނުވާކަމަށާއި، ދިވެހިން ބޭނުންވަނީ ދިވެހިރާއްޖެކަމަށެވެ.
އިންޑިއާއަކީ ގާތް ރަހުމަތްތެރި ޤައުމެއްކަމަށާއި، އިންޑިއާއާއި އެޤައުމުގެ ރައްޔިތުންނާ މައްސަލަ ނެތްކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، މައްސަލަަ އޮތީ އިންޑިއާ ސަރުކާރާކަމަށެވެ. ރާއްޖޭގައި އިންޑިއާގެ ނުފޫޒް ނެތް އެއްވެސް ކަމެއްނެތްކަމަށާއި، ރައްޔިތުންގެ ފޯނު ކޯލްވެސް އަޑު ނާހާކަން ނޭގޭކަމަށް ޔާމީން ވިދާޅުވިއެވެ. މިސަރުކާރު މިއޮތީ އެހާ ދަށް ފެންވަރެއްގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ، އެއްވެސް ރަށަކުން މިސަރުކާރަށް ތާޢިދެއް ނެތްކަމަށް ވިދާލުވެ ފުނަދޫއަށް ވަޑައިގަތުމަށް ގޮން ޖައްސަވާފައެވެ. ރައީސް ޔާމީން ވަނީ، އިންޓެލިޖަންސް މައުލުމާތުވެސް އިންޑިއާ ސިފައިން ދިން ގޮތަކަށް ބުނި ގޮތަކަށްމި ސަރުކާރުން ޤަބޫލުކޮށްގެން ތިބޭކަމަށް ތުހުމަތުކުރައްވާ އިންޑިއާއަށް ރާއްޖެއިން އެއްވެސް ޖާގައެއް ނެތްކަންކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ