ދެދުވަސް ތެރޭގައި މާލެ-ވިލިނގިލި ބްރިޖުގެ ޓެކްނިކަލް ސާރވޭއެއް ފަށަނީ

ދެދުވަސް ތެރޭގައި މާލެ-ވިލިނގިލި ބްރިޖުގެ ޓެކްނިކަލް ސާރވޭއެއް ފަށަނީ

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ގްރޭޓާރ މާލެ ކަނެކްޓިވިޓީ – މާލެ ތިލަފުށި ލިންކް މަޝްރޫޢުގައި ހިމެނޭ މާލެ-ވިލިނގިލި ގުޅާމުގެ ސާވޭއް ފެށުމަށް ހަމަޖެހިއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރޭޓާރ މާލެ ކަނެކްޓިވިޓީ – މާލެ ތިލަފުށި ލިންކް މަޝްރޫޢު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރ އެފްކޯންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިންއަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާރވޭތައް ކުރުމަށް ބައެއް އިކުއިޕްމަންޓްތައް މިއަދުވަނީ ރާއްޖެއަށް ގެނެވިފައި ކަމަށެވެ. އަދި ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި މާލެ އަދި ވިލިނގިލީގައި މި ޖިއޯޓެކްނިކަލް ސާރވޭގެ އަމަލީ މަސައްކަތްތައް ފެށިގެންކުރިއަށް ދާނެކަމަށް ވަނީ ބުނެފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މިކަމުގެ އެއްބަސްވުން ޤާއިމުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 26ވަނަ ދުވަހުއެވެ. ސަރވޭގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮކްޓޯބަރުން ފަށައިގެން ޢަމަލީގޮތުން ދަނީ ކުރިއަށެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގައި ހިމެނެނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމުގެ މަސައްކަތެވެ.

މި ލިންކްގައި ހިމެނޭނީ ބްރިޖާއި ކޯޒްވޭގެ މަސައްކަތްތަކެވެ. 6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.

މިއީ 500މިލިއަން ޑޮލަރުގެ މަޝްރުއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރުޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިހާރުކިތައްފަހަރުު ސާރވޭޭ ކޮއްފިި އެކަމައްް ކިހާފައިސާހޭދަކޮއްފިި މަސައްކަތުގެަ އަމަލީމަސައްކަތުގަަ މިދިޔައަހަރުު ސޮއިވެސްކޮއްފިި އަނެއްކާވެސްް ސާރވޭކުރާވާހަކަަ އަޅެފަހެެ ކަލޭމެނައްް ދޮގަކާމަކަރަކާާ އޮޅުވާލުމަކާނުލާާ ލޮލައްް ނިދިނާންނަނީތަަ ތިހާވަރައްް ކަންކަމައްް ބޫތުކާންް ހެޔޮނުވާނެެ ކޮބައިތަރާއްޖޭގެެ ދީނީއިލްމުވެރިންް ދޮގުހެދުމާއިި މަކަރުހެދުމާއިި އޮޅުވާލުމުގަހުރިި ނުބައިކަންް މިސަރުކާރައްް ފިސާރިި ރަގަޅައްް ކިޔާދީބަލަަ އެމީހުންނައްް ނޭގެނީތޯއްޗެ

Leave a Reply

Your email address will not be published. Required fields are marked *