އއ.އުކުޅަހު ބަނދަރު ބޮޑުކޮށް، ޒަމާނީ ބަނދަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ނިމުމަކާއި ގާތްވެއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނެފައިވަނީ އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި މިހާރުހުރި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް މިމަހުގެ 12 ވަނަ ދުވަހު ވަނީ ފެށިފައިވާކަމަށެވެ.
އުކުޅަހު ބަނދަރު ތަރަށްޤީކުރުމުގެ ޢަމަލީ މަސައްކަތް އެމްޓިސީސީއާ ޙަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މި މަސައްކަތުގެ ދަށުން 19،630 އަކަމީޓަރުގެ ސަރަޙައްދެއް ވަނީ ފުންކޮށްފައެވެ.
އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިއްޖެ. އަދި މިހާރުހުރި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް 12 ޖެނުއަރީ 2022 ވަނަ ދުވަހު ވަނީ ފަށާފައި.#MTCCProjects #RayyithungeKunfuni pic.twitter.com/9IcevBZsxz
— MTCC Plc (@MTCCPlc) January 19, 2022
މި މަޝްރޫޢުގެ ދަށުން 136މީޓަރުގެ އެއްގަމު ތޮށްޓެއް އިތުރުކުރުމާއި، 138.73މީޓަރުގެ ޖެޓީއެއް ހެދުމާއި 31މީޓަރުގެ ސަރަޙައްދުގައި ބޭރު ތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެއިތުރަށް ބަނދަރާ އިންވެގެން 580އަކަ މީޓަރުގެ ސަރަޙައްދުގައި ޕޭމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނެއެވެ.
މިއީ ދައުލަތުގެ ބަޖެޓުން 19.9މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ