ފިލްމީ ހަޔާތުގެ ކުރީކޮޅުގެ ވިކީގެ ލޯބި ވީޑިއޯއެއް!

ފިލްމީ ހަޔާތުގެ ކުރީކޮޅުގެ ވިކީގެ ލޯބި ވީޑިއޯއެއް!

Author
ފާތިމަތު ނާވީ
20 ޖެނުއަރީ 2022 11:43
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ވިކީ ކޯޝަލް ފިލްމީ ހަޔާތުގެ ކުރީކޮޅު އެކްޓިން ސްކޫލެއްގައި ނަށާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

ކެރިއަރުގެ ވަރަށް ކުރީކޮޅު ވިކީ ވަނީ "ޔޭހޭ މުހައްބަތެއިން" އިން މަޝްހޫރުވި ޝީރީން މިރްޒާ އާއެކު މަސައްކަތް ކޮށްފައެވެ. މި ދެތަރިން އެކުގައި ނަށާ މި ވީޑިއޯ ކޮޅު ޝެއާ ކުރީވެސް ޝީރީނެއެވެ.

 

View this post on Instagram

 

A post shared by ETimes TV (@etimes_tv)


މި ވީޑިއޯ ކޮޅުގައި ވިކީ ފެނިގެން ދަނީ ވަރަށް ތަފާތު ކޮށެވެ. ޒުވާން ވިކީ، މިހާރުގެ ވިކީއާ އެއްވެސް ވަރަކަށް ވައްތަރެއް ނޫނެވެ.

މަޖާ އެކްޓެއް ގޮތުގައި މި ދެމީހުން ނަށަމުން ގެނދިޔައީ "ޖަބް ހަމް ޗޯޓޭ ބައްޗޭތޭ" މި ލަވައަށެވެ. މިއީ ޝީރީންގެ އާސްކް މީ އޭނީތިންގ ސެޝަންއެއްގައި ފޭނަކު، ވިކީއާއެކު އެކްޓް ކޮށްފައިވާ ވީޑިއޯ ކޮޅެއް ހިއްސާކުރުމަށް އެދުމުން އޭނާ ހިއްސާކުރި ވީޑީއޯ ކޮޅެކެވެ.

މި ދެމީހުންވެސް މިދިއަ އަހަރު ވަނީ ކައިވެނި ކޮށްފައެވެ. ވިކީވަނީ އޭނާ އަށްވުރެ 5 އަހަރު ދޮށީ، މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް އާއި ކައިވެނި ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.