މަބްރޫކް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މަބްރޫކް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
15 ޖެނުއަރީ 2022 11:11
0

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މަބްރޫކް ވިދާލޫވީ ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ މީގެ ކުޑަ ދުވަސްކޮލެއްކުރިން ބަލީގެ ޢަލާމާތްތައް ހުރެގެން ޓެސްޓްކުރުމުންކަމަށެވެ. އޭނާގެ ހާލު ޢާންމުކޮށް ރަނގަޅުކަމަށްވެސް ވިދާޅުވިއެވެ.

ޢާއްމުންގެ ތެރޭގައި މަބްރޫކް މަޤުބޫލުވެގެން ދިޔައީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އުފެއްދެވި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް އޭނާ ހަމަޖެއްސެވުމާއެކުއެވެ. އެންއީއޯސީން މަސައްކަތް ކުރި މުއްދަތުގައި މަބްރޫކް ވަނީ ދިވެހި ރައްޔިތުންގެ ހިތުން ޚާއްސަ މަޤާމެއް ހޯއްދަވާފައެވެ. އޭރު އެންއީއޯސީއިން ކޮންމެ ރެޔަކު ބާއްވަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުމަށް އެތައް ބަޔަކު ވަގުތު ހުސްކޮށް އިންތިޒާރުކުރަމުންއައީ މަބްރޫކްގެ ސަބަބުންނެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި 160 ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން 111 ބައްދަލުވުމުގައި މަބްރޫކް ބައިވެރިވެވަޑައިގެން އެނޫސްވެރިންގެ ބައްދަލުވުންތައް މޮޑަރޭޓްކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ. މި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޖުމުލަ 1200އަށްވުރެ ގިނަ ސުވާލަށް ޖަބާވުދީފައިވެއެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތައް ނިމުމުން ވަކިން ޖުމުލަ 681 ސުވާލަށް ޖަވާބުދީފައިވެއެވެ.

ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެގެން އައިދުވަސްވަރު، ނޫސްވެރިން ކުރި އެތައް ސުވާލަކަށް އެއްވެސް ފޫހިކަމެއް ނުތަނަވަސްކަމެއް ނެތި ކެތްތެރިކަމާއެކު ޖަވާބުދެއްވީ މަބްރޫކެވެ. ކިތަންމެ އުނދަގޫ ސުވާލެއް ކުރިމަތިކުރިޔަސް، އަދި ކިތަންމެ ރުޅިވެރިކަމާއެކު ސުވާލުކުރިއަސް މަބްރޫކުގެ ކިބައިން ފެނިގެންދިޔައީ އެއް ރޫޙެކެވެ. މިއީ ޢާއްމުކޮށް ރާއްޖޭގެ އެއްވެސް ދާއިރާއެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަން ކަނޑައަޅާފައިވާ ބޭފުޅެއްގެ ކިބައިން ޢާއްމުކޮށް ފެންނަ ސިފައެއް ނޫނެވެ. ނަތީޖާއަށް ވެގެން ދިޔައީ ނޫސްވެރިންނާއި ޢާއްމުންގެ މެދުގައިވެސް މަބްރޫކުގެ މަޤުބޫލުކަން ބޮޑުވެގެން ދިއުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރާސްތާ
ﷲ އިރާދަފުޅުން ބަލީގަ މަރުވެއްޖިއްޔާ ރަނގަޅު