الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފިރިމީހާ އަނބިމީހާގެ މައްޗަށް ލާޒިމްވެގެންވާ ޙައްގުތަކެއް ވާފަދައިން އަނބިމީހާ ފިރިމީހާގެ މައްޗަށް ލާޒިމްވާ ޙައްގުތަކެއްވެސް ވެއެވެ.
އެގޮތުން އެންމެ މުހިންމުކަމަކީ މާތް ﷲ އަށް އުރެދުމެއްނުވާ ކޮންމެ އަމުރަކަށް ފިރިމީހާއަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ. އަދި ފިރިމީހާ އަނބިފިރިކަމުގެ ގުޅުން ހިންގަން އެދިއްޖެ ޙާލަތެއްގައި އެކަމަށް ފުރަގަސްދީގެން ނުވާނެއެވެ. އަދި ފިރިމީހާގެ އިޒުނައަކާއި ނުލައި އެއްވެސްމީހަކު އޭނާގެ ގެއަށް ނުވެއްދުމެވެ. އަދި ފިރިމީހާގެ އިޒުނައަކާ ނުލައި ގެއިންބޭރަށް ނުނިކުތުމެވެ. އަދި ފިރިމީހާއަށްޓަކައި ޒީނަތްތެރިވެ އެހެންމީހަކަށް އެޒީނަތް ނުދެެއްކުން ހިމެނެއެެވެ.
އިސްވެބަޔާން ކުރެވުނު ޙައްގުތައް އަދާކުރުމުގައި އަނބިމީހާ ފަސްޖެހިއްޖެނަމަ އޭނާއަަށް ހެޔޮގޮތުގައި މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އެކު ނަޞޭޙަތް ދޭންވާނެއެވެ. އަދި އޭނާ ކިޔަމަންތެރި ނުވެއްޖެނަމަ މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކަކަށް އަރައިގަނެވެނީކަން ހަނދާން ކޮށްދޭންވާނެއެވެ.
އަދި ނުކިޔަމަންތެރިކަންމަތީ ދެމި ހުރެއްޖެނަމަ ދެން ކަންތައްވެގެން ހިނގަިއިދާނެ ގޮތްތައް ކިޔައިދީ ހަނދާން ކޮށްދޭންވާނެއެވެ. އެކަންތަކުގެ ތެރޭގައި ފިރިމީހާ އޭނާ އަށް ކުރާ ޚަރަދު ހުއްޓަާލަން ޖެހިދާނެކަންވެސް ބުނެދޭން ވާނެއެވެ. ނަޞޭޙަތްދީގެން ރަގަޅު ނުވެއްޖެނަމަ ތަންމަތިން ވަކިކުރާނީއެވެ. އެގޮތުންވެސް ރަގަޅު ނުވެއްޖެނަމަ އަނިޔާނުވާ ވަރަށް ޖެހުންވެސް ހުއްދަވެގެން ވެއެވެ.
މިގޮތުންވެސް ޙައްލަކަށް ނާދެވިއްޖެނަމަ ފިރިމީހާގެ ފަރާތުން މީހަކާއި، އަނބިމީހާގެ ފަރާތުން މީހަކު އައިސް ދެފަރާތުގެ ވާހަކަތައް އަޑުއަހާ ޙައްލެއް ހޯދޭތޯ މަސައްކަތް ކުރާނީއެވެ. މިގޮތުންވެސް ކާމިޔާބު ނުވެއްޖެނަމަ ވަރިއާއިހަމަ އަށް ދާނީ އެވެ.
والله أعلم.
ކޮމެންޓު ފޮނުވާ