ފްރާންސުން އާ ކޯވިޑް ވޭރިއެންޓެއް ފެނިއްޖެ

ފްރާންސުން އާ ކޯވިޑް ވޭރިއެންޓެއް ފެނިއްޖެ

Author
ހުސެއިން
04 ޖެނުއަރީ 2022 07:45
0

ކޯވިޑް19ގެ އޮމިކްރޮން ވޭރިއަންޓާއި ދެކޮޅަށް ދުނިޔެ ހަގުރާމަ ކުރަމުން ދަނިކޮށް، ކޯވިޑް19 ބަލި ޖައްސާ މުޅިން އާ ވޭރިއެންޓެއް ފްރާންސުގެ ދެކުނުން ފެނިއްޖަކަން ސައިންސްވެރިން ހާމަ ކޮށްފިއެވެ.

އިންސްޓިޓިއުޓް IHU މެޑިޓެރެއިނީ އިންފެކްޝަންގެ ރިސާޗަރުން ރިޕޯޓު ކޮށްފައިވާ 'IHU’ގެ ނަން ދެވިފައިވާ B.1.640.2 ވޭރިއެންޓް މިހާރު ވަނީ 12 މީހަކަށް ޖެހިފައެވެ. އަދި މި މީހުންނާއި އެފްރިކާގެ ގައުމެއް ކަމުގައިވާ ކެމަރޫނަށް ކޮށްފައިވާ ދަތުރުތަކާއި ގުޅުން އޮތްކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

އެހެންނަމަވެސް ރިސާޗަސރުން ބުނެފައިވާ ގޮތުގައި، މި ވޭރިއެންޓްގެ ނުރައްކާތެރިކަމާއި، އަދި ވެކްސިންއިން މި ވޭރިއެންޓާ ދެކޮޅަށް ފޯރު ކޮށްދޭނެ ރައްކާތެރިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަ އަދި މާއަވަހެވެ.

ސައިންސްވެރިން ހާމަ ކޮށްފައިވާ ގޮތުގައި، މި ވޭރިއެންޓުގައި 46 މިއުޓޭޝަނެއް ވާއިރު، 37 ބައި އުނިވެފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން އަސްލު ވޭރިއެންޓްގައި ހުންނަ އެމިނޯ އެސިޑްގެ 30 ވައްތަރަށް ބަދަލު އައިސް، 12 ބައި ވަނީ އުނިވެގެން ގޮސްފައި ވެއެވެ.

އެމިނޯ އެސިޑަކީ އޭގެ މޮލެކިއުލްތައް ގުޅިގެން ޕްރޮޓީންތައް އުފައްދާބާވަތެވެ. އަދި މި ދެބާވަތަކީވެސް ހުރިހާ ދިރުންހުރި އެއްޗެއްގެ ބިލްޑިންގ ބްލޮކްސްތަކެވެ.

ދުނިޔެގޭ އެތަކެއް ގައުމަކުން މިހާރު ދަނީ، ފާއިތުވި އަހަރު ނިމެމުން ދަނިކޮށް، ދެނުކު އެފްރިކާއިން ފެނުނު އޮމިކްރޮން ވޭރިއެންޓަށް ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް އާދަޔާ ޚިލާފަށް މަތި ވަމުންނެވެ. އަދި މިހާތަނަށް މި ވޭރިއެންޓް ދުނިޔޭގެ 100އަށްވުރެ ގިނަ ގައުމަކުން ވަނީ ފެނިފަައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.