ގޯތިދޭން ވީ ވައުދާ ޙިލާފުވެފައިވާކަމަށްބުނެ މަޖިލިސް ކައިރީގައި އިހުތިޖާޖުކޮށްފި

ގޯތިދޭން ވީ ވައުދާ ޙިލާފުވެފައިވާކަމަށްބުނެ މަޖިލިސް ކައިރީގައި އިހުތިޖާޖުކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2020 11:59
0

މާލޭގެ ރައްޔިތުންނަށް ގޯތިދޭން ވެފައިވާ ވައުދާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވާކަމަށްބުނެ މަޖިލިސް އިދާރާ ކައިރީގައި އިޚްތިޖާޖްކޮށްފިއެވެ.

މަޖިލިސްކައިރީގައި މިއަދު ކުރި ސުލްހަވެރި މި އިޚްތިޖާޖުގައި ބައިވެރިވި މީހުންވަނީ ބެނާއައި ޕޯސްޓަރު ބޭނުންކޮށްގެން އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. މި ހަރަކާތަކީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި ހިމެނޭ ބަޔަކު އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ޝުއައިބް އަލީ ވިދާޅުވީ މި ހަރަކަތަކީ ސުލްހަވެރި ހަރަކާތެއް ކަމަށާއި، ރައްޔިތުންގެ އަސާސީ ޙައްޤު ހޯދުމަށް މިކުރެވޭ މަސައްކަތަކީ ރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތެއްކަމަށެވެ. މިކަމުގައި މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުންވެސް ހާއްސަ ސަމާލުކަމެއް ދީންގެ ކުރިއަށް ގެންދިއުމަށް ޝުއައިބް ވަނީ އެދިވަޑައިގެންފައެވެ.

"ހިތްވަރުގަދަ އިހުތިޖާޖު ތަކަށް ތާއީދު ކުރެއްވުމަށް މާލޭ ރައްޔިތުންނާއި މާލޭ ރައްޔިތުންނަށް ގޯތިލިބެންޖެހޭ ކަމަށް ޤަބޫލުކުރައްވާ ހުރިހާ ބޭފުޅުން އެބޭފުޅުންނަށް ހިތްވަރުދެއްވުން އެދެން. މާލޭ މީހުންނަށް ލިބޭ އަސާސީހައްޤެއް ގޯތި ލިބުމުމަކީ. ސަރުކާރާއި މަޖިލިސް މެންބަރުންގެ ވާޖިބެއް" ޝުއައިބް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަކީ މިހާރަށްވުރެ ބޮޑަށް މާލޭގެ ރަށްވެހިންނަށް ފުރުސަތު ލިބޭ މަޝްރޫޢުތަކަކަށް ހަދަންޖެހޭކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ، އިތުރު އެހެން ރަށަކުން އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭނެ ފަންސާސް ހާހަށްވުރެ ގިނަ އާއިލާ މާލޭގައި ދިރުއުޅެމުންދާކަމަށެވެ. މި އާއިލާތަކަކީ ހަމައެކަނި މާލެއަށް ޚާއްސަކުރާ ބޯހިޔާވަހިކަމުން ގެދޮރު ލިބޭނެ މީހުންކަން ފާހަގަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރަށްޔިތުންނަށް ޚާއްސަކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިތުރުކުރަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ހިޔާ ހައުސިންގ މަޝްރޫޢުގައި ހިމެނޭ 7000 ހައުސިންގ ޔުނިޓްގެތެރެއިން މާލޭގެ ރަށްވެހިންނަށް ޚާއްސަކޮށްފައިވަނީ 1000ހައުސިންގ ޔުނިޓެވެ. ނަމަވެސް އެކި ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތައް ފައިނަލް ކުރިއިރު ހުސްވި ޔުނިޓްތައްވެސް ވަނީ، މާލޭގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއަށް އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.