ގަވާއިދާ ހިލާފަށް އީއައިއޭހެދި ކުންފުޏެއް ފަސް ލައްކައިން ޖޫރިމަނާ ކޮށްފި

ގަވާއިދާ ހިލާފަށް އީއައިއޭހެދި ކުންފުޏެއް ފަސް ލައްކައިން ޖޫރިމަނާ ކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2022 02:15
0

ވ. ވަށުގިރީގައި، ވަށުގިރި ޕްރައިވެޓް ލިމިޓެޑުން ގަވާއިދާ ހިލާފަށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމުން 593،750 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވަރުމަންޓް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، ވަށުގިރި ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާ ކޮށްފައިވަނީ، ލ.ވަށު ގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ގަވައިދާ ހިލާފަތް ހަދާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދާއި، ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުންނެވެ.

މިމައްސަލާގައި އެކުންފުނި ޖޫރިމަނާ ކޮށްފައިވަނީ ޖުމްލަ 593،750 (ފަސް ލައްކަ ނުވަދިގެ ތިންހާސް ފައްސަތޭކަ ފަންސާސް) ދިވެހިރުފިޔާއިންނެވެ. އަދި މިޖޫރިމަނާ ފައިސާ އީޕީއޭއަށް 30(ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.