ދިވެހިންގެ އަގީދާއާއިމެދު ސައްކުއުފައްދާ ގައުމުގައި ނަފްރަތް ޕްރޮމޯޓްކުރުމަކީ ޖަމިއްޔާތަކުގެ މަގުސަދާއި ހިލާފް ކުށެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހޯމް ސްޓޭ ޓުވަރިޒަމް ތަޢާރަފް ކުރުމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، ބައެއް ދީނީ ޖަމްއިއްޔާތަކުން ނުރުހުން ފާޅުކޮށް، ބަޔާންތައްދަނީ ނެރެމުންނެވެ. އެގޮތުން ދީނީ ގިނަ ދަންނަބޭލުން ހިމެނޭ ސަލަފް ޖަމްއިއްޔާއިންވެސް ވަނީ ހޯމް ސްޓޭ ޓުވަރިޒަމް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
މިވާހަތަކާއި ގުޅިގެން ބޮންޑޭ ވިދާޅުވީ ދިވެހިންގެ އިސްލާމީ އަގީދާއާއިި މެދު ޝައްކު އުފައްދައި، ޤައުމުގައި ނަފްރަތު އުފެއްދުމަކީ ޖަމްއިއްޔާތަކަށް އޮތް ދައްުރެއް ނޫންކަމަށެވެ. އަދި އެއީ ޖަމްއިއްޔާތަކުގެ ގަވާއިދާއިވެސް ޚިލާފް ކަމެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ. މިއަދު ރަށްރަށުގައި ފަތުރުވެރިކަން ފުޅާ ކުރުމަށް މަސައްކަތް ކުރެވިގެންދާއިރު، ރާއްޖޭގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރޭގައި ގިނަ އަދަދެއްގެ މުސްލިމުން ހިމެނޭތީ އެމީހުން ނަމާދުކުރުމަށްވެސް މިސްކިތްތައް ބޮޑު ކުރަންޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ހޯމްސްޓޭ އަކީ ބޮޑުދައިތައަށް ފޯރުކޮށްދޭ ގޮދަން ގޯންޏެއް! ދިވެހިންގެ އަގީދާއާއިމެދު ސައްކުއުފައްދާ ގައުމުގައި ނަފްރަތް ޕްރޮމޯޓްކުރުމަކީ ޖަމިއްޔާތަކުގެ މަގުސަދާއި ހިލާފް ކުށެކެވެ. ނަމާދުކުރާ ފަތުރުވެރީން ގިނަވުމުގެ ސަބަބުން މާފުށީ ހުކުރު މިސްކިއްވެސް ވަނީ ބޮޑުކުރާންޖެހިފައެވެ!
– ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ މިފަދައިން ވިދާޅުވެފައިވަނީ ހޯމް ސްޓޭ ޓުވަރިޒަމްއާއި ދެކޮޅަށް ސަލަފް ޖަމްއިއްޔާއިން ނެރުނު ބަޔާނަކާއި ގުޅިގެކަމަށް ބެލެވެއެވެ. ހޯމް ސްޓޭއާއި ދެކޮޅަށް ސަލަފުން ނެރުނު ބަޔާނުގައި ބުނެފައިވަނި ގެސްޓުހައުންގެ ގޮތުގައި ފަރުތުވެރިންނަށް ޚިދުމަތް ދިނުމަށް ވަކިވަކި ތަންތައް ހަދައި ހިންގަމުންދިޔުމުގެ ސަބަބުން ރަށްރަށުގައި މުންކަރާތައް ޢާންމުވަމުންދާއިރު، މީހުން ދިރިއުޅޭ ގޭގޭ ތެރޭގައި މިކަން ތަޢާރަފު ކުރުމަކީ އޭގެ ސަބަބުން އެބައެއްގެ ޙިމާޔަތާއި ރައްކާތެރިކަމުގައި އަޅުގަނޑުމެންގެ ޖާނާއި މާލުން ޤުރުބާންވާންޖެހޭ، އަޅުގަނޑުމެން އަހުލުންނާއި، ދަރިންގެ ޢިއްފަތާއި،އަބުރުގެއްލި،ޢާއިލާތައް ރޫޅި، މިޤައުމުގެ އިސްލާމީ ޘަޤާފަތް ގެއްލިގެން ދާނެކަމެއްކަމެއްކަމަށް ސަލަފުން ވަނީ ބުނެފައެވެ.
ފައިސާގެ ދަހިވެތިކަމުގައި، އެމީހެއްގެ ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ލޯބިވާ އަންހެން ނުވަތަ ފިރިހެން ދަރިފުޅާއެކު، އެއްވެސް ހުރަސްވެރިކަމެއްނެތި، އެއް ސިޓިން ރޫމުގައި، އެއް އުނދޯލީގައި އެއްތަށިމަތީގައި، ހީސަމާސާކޮށް ހަނގާކުރެވޭ ބައެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ދީނާއި، އަޚުލާޤާއި ޘަޤާފަތާ ބީރައްޓެހި، ބޭރުކަރަކަރައާއި ވިލާތުގެ މީސްމީހުންގެ އަތްމައްޗަށް ދޫކޮށްލުމީ ހަމަކަށަވަރުންވެސް އަޅުގަނޑުމެން ދައްޔޫސުންގެ ގޮތުގައި ހިމެނިގެންދާނެ ކަމެއްކަން ކަށަވަރު. އަދި އެއީ އަޅުގަނޑުމެން ކޮންމެ ފަރުދަކާ މާތް ﷲ ގެ ޝަރީޢަތުން މަތި ކުރައްވާފައިވާ ޝަރުޢީ ޒިންމާ ބޮލާލައި ޖެހުންކަމުގައި ނޫނީ ނުވާނެ.
– ސަލަފުން ބުނެފައިވެއެވެ.
އެހެންކަމުން ހޯމްސްޓޭ ތަޢާރަފްކުރުން ހުއްޓާލުމަށް ސަލަފުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ހަމަ މި ފުރުޞަތުގައި ލިބޭ މާލީ މަންފާއަށް ޓަކައި ދަރިންގެ މުސްތަޤްބަލު ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ޖަމްޢިއްޔަތުއްސަލަފުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ