މޯލްޑިވިއަނުން އެކަނިވެސް، ބަންގްލަދޭޝްގެ 8 ހާހެއްހާ މީހުން ފޮނުވާލައިފި

މޯލްޑިވިއަނުން އެކަނިވެސް، ބަންގްލަދޭޝްގެ 8 ހާހެއްހާ މީހުން ފޮނުވާލައިފި

Author
މުޙައްމަދު ޖިމީ
05 ނޮވެމްބަރ 2020 01:00
0

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައި އެކަނިވެސް 8 ހާހެއްހާ ބަންގްލަދޭޝްގެ މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިފިއެވެ. ޤައުމީ އެއަރލައިނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ބަންގްލަދޭޝްގެ އިތުރު 200 މީހުން އަނބުރާ ޤައުމަށް ފުރުވާލާފައިވާކަމަށެވެ.

މޯލްޑިވިއަނުން މިދޔަ މަހުގެ 14 ވަނަ ދުވަހު ވަނީ އެއަރލައިނުން އެކަނިވެސް 7732 ބަންގްލަދޭޝް މީހުން އަނބުރާ އެމީހުންގެ ޤައުމަށް ގެންގޮސްދީފައިވާކަމަށެވެ. އެހެންކަމުން މިއަދު ފުރުވާލި 200 މީހުންނާއެކު މިހާތަނަށް 7،932 މީހަކު ވަނީ ބަންގްލަދޭޝްއަށް ފޮނުވާލާފައެވެ. ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނާއި، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތުގެ ދަށުން މިހަތަނަށް މޯލްޑިވިއަނުން ވަނީ 40 ވުރެ ގިނަ ދަތުރު ކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްގެން ރާއްޖޭގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބިދޭސީން އަނބުރާ ޤައުމަށް ދިއުމަށް އެދެމުންދެއެވެ. އަދި ޤަވާއިދާއި ޚިލާފަށް ރާއްޖޭޣައި ދިރިއުޅޭ ބިދޭސީންވެސް އަނބުރާ ޤައުމަށް ފޮނުވާލުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެތެރެއިން މިހާތަނަށް އެކި ޤައުމުތަކުގެ 18 ހާހަސްވުރެ ގިނަ މީހުން ފޮނުވާލާފައިވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެއްވެސް ލިޔެލިއުމެއް ނެތް ޤަވާދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޢަދަދު 63،000 އަށްވުރެ މައްޗަށް އަރާއިރު، މިއަހަރު ނިމުމުގެ ކުރިން 20،000 މީހުން ފޮނުވާލުމަކީ އަމާޒެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ. ޤަވާއިދާ ޚިލާފަށް ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ބޮޑުވެ އިޖުތިމާޢީ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.