މިއަދު ނިޒާމުތަކަށް ބަދަލުގެނެސް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ޚިލާޔާލާއި މަޝްވަރާއާއިއެކު ޕްލޭން ކުރެވި ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ގެނެވޭ ބަދަލުތަކެއް ކަމުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ސްޓެޓަޖިކް އެކްޝަން ޕްލޭން އިފްތިތާޚް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހަނަފީ ވިދާޅުވީ އިމިގްރޭޝަންގެ ދިގު މާޒީގެ 12 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސްޓެޓަޖިކް އެކްޝަން ޕްލޭނެއް ލޯންޗުކުރެވިގެންދާކަމީ އިމިގްރޭޝަންގެ ހިންގުމަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ. މިއަދު މި އިފްތިތާހު ކުރެވޭ ޕްލޭނަކީ އިމްގްރޭޝަންގެ ހިންގުން ހަރުދަނާކޮށް އުސޫލީ މިންގަނޑެއްގެ ތެރެއިން ހިންގުމަށް އެޅުނު ބިންގާކަމާށާއި، މިއީ ފެށުންކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.
12 އަހަރަށްފަހު ސްޓެޓަޖިކް އެކްޝަން ޕްލޭން އިފްތިތާޚް ކުރެވޭ ދުވަސް މިއަދުމިއީ. މިއީ ފެށުމެއް. ވަރަށް ގިނަ ބަދަލުތަކެއް ގެންނަމުން އަޅުގަނޑުމެން މިދަނީ. މިބަދަލުތައް އަޅުގަނޑުމެން މިގެންނަނީ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ރައްޔިޔުންގެ ޚިޔާލާއެކު. މިއަދު ކޯޓުފަހަނީ މިން ނަގައިގެން، ފެހުމަށްފަހު ނޫން މިންނަގަނީ.
– މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ)
ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވިދާޅުވީ ފާއިތުވެދިޔަ މާޒީގައި އިިގްރޭޝަންގެ ތެރެއިން ކަންކަން ހިނގާފައިވާގޮތުން އިމިގްރޭޝަނޭ ބުމުން ވަރަށް ގިނަ މީހުންނަށް މާނަ ނެގެނީ ވަރަށް ގޯސް ގޮތަކަށް ކަމަށެވެ. މިއަދު މަސައްކަތް ކުރަމުންދަނީ އިމިގްރޭޝަންގައި ޖެހިފައިވާ ލައްގަނޑުތައް ފިލުވައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަންކަން ކުރުމުގެ މަގު ފަހިކޮށް ދިނުމަށްކަމަށެވެ. މިމަސައްކަތުގައި ގިނަ ކާމިޔާބީތަކަކާއި ހަމަޔަށް ވާސިލް ވެފައިވާާކަމަށް ހަނަފީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިމިގްރޭޝަންގެ ތެރެއިން ބިދޭސީން މައްސަަލަ ހައްލުކުރުމަށް މިއަދު އެޅިފައިވާ ފިޔަވަޅުތަކާއިއެކު ރައްޔިތުންގެ އިތުބާރު ލިބިފައިވާކަމަށެވެ. އަދި ރާއްޖެއަށް މިއަދު ކުރިމަތި ވެފައިވާ އިޤްތިޞާދީ އަދަވަޅުގައި އިމިގްރޭޝަނުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހުއްޓި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމަށް ހަނަފީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ