އެސްފީނާ އިން ސަލާމަތް ވާނީ ކިހިނެއް؟

އެސްފީނާ އިން ސަލާމަތް ވާނީ ކިހިނެއް؟

ގުޅުންހުރި

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:

ގަސްގަހާ ގެއްސަށް ވެސް އެސްފިންނާ ޖެހެއެވެ. އެސްފިންނާގެ އަޞްލަކީ މީހަކު އެހެންމީހެއްގެ ކިބައިގައި ހުރި ހުނަރުވެރިކަމެއް ފެނި އެކަމަށް މާބޮޑަށް ޙަސަދަވެރިވެ، އޭނާގެ ނުބައި ހިތް އެކަމެއްގެ މައްޗަށް ފޯރުވުމެވެ. ނުވަތަ ފޯރުމެވެ.

ޙަސަދަވެރިންގެ ކިބައިން ސަލާމަތްކޮށް ދެއްވުން އެދި ދެންނެވުމަށް އަންގަވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَمِنشَرِّحَاسِدٍإِذَاحَسَدَ) މާނައަކީ: " އަދިحسدވެރިޔަކު حسدވެރި ވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސް މެއެވެ".

ކޮންމެ އެސްފިންނާ ޖައްސާ މީހަކީ ޙަސަދަވެރިޔެކެވެ. ނަމަވެސް ކޮންމެ ޙަސަދަވެރިޔަކީ އެސްފިންނާ ޖައްސާ މީހެއް ނޫނެވެ. ޙަސަދަވެރިޔާ އަކީއެސްފިންނާ ޖައްސާ މީހާ އަށްވުރެ ޢާއްމު މީހަކަށްވާތީވެ، ހަސަދަވެރިޔާ ގެނުބައިކަމުން ސަލާމަތް ކޮށްދެއްވުމަށް އެދުމުން އެސްފިންނާ ވެރިޔާވެސް އޭގެތެރޭގައި ހިމެނިގެން ދާނެއެވެ.

އެސްފިންނާ އަކީ ޖެހޭ އެއްޗެއްކަން ޘާބިތުވާ އެތަށް ޙަދީޘް ތަކެއްވެއެވެ. އޭގެ ތެރޭގައި ބުޚާރީ އާއި މުސްލިމް ޢާއިޝާ ރަޟިޔަﷲ ޢަންހާ- ގެ ކިބައިންރިވާ ކުރެއްވި ޙަދީޘް ހިމެނެއެވެ. (كانرسولاللهصلىاللهعليهوسلميأمرنيأنأسترقيمنالعين) މާނައަކީ: "އެސްފިންނާ އިން ސަލާމަތްވުމަށް ރުގްޔާ ހެދުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަން ކަމަނާއަށް އަމުރު ކުރެއްވިއެވެ".

އަދިވެސް ޙަދީޘް ކެރެއްވިއެވެ. (العينحقولوكانشيءسابقالقدرلسبقتهالعين) މާނައަކީ: "އެސްފިންނާ އަކީ ޙަގީގަތެކެވެ. ގަދަރަށްވުރެ ކުރިޔަށް އެއްވެސް އެއްޗަކަށް އެރޭނެނަމަ އެސްފިންނާ ކުރިޔަށް އެރީހެވެ". عنعائشةرضياللهعنهاقالت : كانيؤمرالعائنفيتوضأثميغسلمنهالمعين) މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއިމިނީނަ ޢާއިޝާގެ ކިބައިންރިވާވެގެންވެއެވެ. އެސްފިންނާ ޖައްސާ މީހުން ވުޟޫކޮށްފައި އެފެނުން އެސްފިންނާ ޖެހުނު މީހާ ފެންވެރުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އަމުރު ކުރެއްވިއެވެ".

އެސްފިންނާ އިން ސަލާމަތްވުމަށްޓަކައި ކުރަންވީ ކަންތައްތައް:

• ސޫރަތުލް ފާތިޙާ، އިޚްލާޞް، ފަލަގި، ނާސި، އާޔަތުލް ކުރްސީ ކިޔެވުން.

• އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ކިޔުމަށް ސުންނަތުގައިވާރިދުވެފައިވާ ވިރްދު ތައް ކިޔުން، އޭގެ ތެރޭގައި: (أَعُوْذُبِكَلِمَاتِاللهِالتَّامَّاتِمِنْشَرِّمَاخَلَقَ)، (أَعُوذُبِكَلِمَاتِاللَّهِالتَّامَّةِمِنْكُلِّشَيْطَانٍوَهَامَّةٍوَمِنْكُلِّعَيْنٍلامَّةٍ)، (بِاسْمِاللَّهِأَرْقِيكَمِنْكُلِّشَيْءٍيُؤْذِيكَمِنْشَرِّكُلِّنَفْسٍأَوْعَيْنِحَاسِدٍاللَّهُيَشْفِيكَبِاسْمِاللَّهِأَرْقِيكَ)، ހެދުނާއި ހަވީރުގެ ދުޢާތައް، ނިދަން އޮށޯންނަމުން ކިޔަން ވާރިދުވެފައިވާ ދުޢާތައް، ނިދިން ތެދުވެފައި ކިޔަން ވާރިދު ވެފައިވާ ދުޢާތައް ކިޔާ ސަލާމަތް ކަން ލިބިގަތުން ހިމެނިގެންވެއެވެ.

والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ