ލ.މާވަށު ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ހާމަކޮށްފައިވާ މާވަށު ބަދަރުގެ ތަފްސީލަށް ބަލާއިރު، ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. އަދި މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ރޭނުމުގެ މަސައްކަތުގެ 57 ޕަސެންޓް ވަނީ ނިމިފައިވާކަމަށްވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢަކީ 27.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރު އޭޕްރީލް 7 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.
ލ. މާވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ރޭނުމުގެ މަސައްކަތުގެ 57 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 07 އޭޕްރީލް 2020 ގައި. pic.twitter.com/WJFUIUdjjq
— MTCC Plc (@MTCCPlc) November 5, 2020
މި މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގެ ބޭރު ތޮށި ހެދުމާއި 110 މީޓަރުގެ އެތެރެ ތޮށި ހަދައި، ބަނދަރާއި، ނެރު ފުން ކުރާނެއެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 07 އޭޕްރީލް 2020 ގައި.
އެމްޓީސީސީގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ