އއ.މަތިވެރީގައި ކުރިއަށްދާ ކޮރަލް މަތިވެރި ފުޓްސަލް ލީގުގައި، ފޮޅުދޫ ލޭޑީސް އެމްވީ ކުރީގައިއޮވެ ފުރަތަމަބުރު ނިންމާލައި، ޓްރާސްފާއަށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންވެސް ކުޅޭ މިމުބާރާތުގެ ފުރަތަމަ ބުރުގައި ވާދަވެރި މެޗުތަކެއް ވަނީ ފެނިގެންގޮސްފައެވެ. މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ފޮޅުދޫ ލޭޑިސް އެމްވީ އޮތީ ފުރަތަމަ ބުރު ނިންމާލިއިރު ސައްތައިން ސައްތަ ރެކޯޑަކާއިއެކު އެއްވެސް މެޗަކުން ބަލިނުވެ 13 ޕޮއިންޓު ހޯދާފައެވެ. އިއްޔެ ހަވީރު ފޮޅުދޫ އެމްވީން ކުޅުނު މެޗު ކާމިޔާބުކުރީ ވޭލިއަންޓާއި ބައްދަލުކޮށް 7-0 ގެ ބޮޑު ތަފާތަކުންނެވެ.
މުބާރާތުގައި ރޭވަނީ ދެ މެޗު ކުޅުފައެވެ. އެގޮތުން ސިލްވާ ސްޕޮޓާއި، ކެބިޓަލް ޒާ ކުޅުމެޗު ޤައުމީ ޓީމުގެ ކުރީގެ ކީއްޕަރު މުހައްމަދު އިމްރާންގެ މޮޅު ކުޅުމާއިއެކު 4-1 ލަނޑުން ކާމިޔާބުކުރީ ސިލްވަރ ސްޕޮޓެވެ. މިމެޗުގައި އޭނަ ވަނީ ސިލްވާ ސްޕޮޓަށް 2 ގޯލް ކާމިޔާބްކޮށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.
ރޭގެ ފަހު މުޗު ނިކަ އައިލެންޑް ރިސޯޓާއި ވާދަކޮށް 2-0 ލަޑުން ކާމިޔާބުކުރީ ރޯޔަލް ރީފެވެ. މިމެޗުގެ ބޮޑުބައިގައި މޮޅަށްކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ މެޗުން ބަލިވި ނިކަ ޓީމުންނެވެ. ފޯރިގަދަ މެޗުތަކާއިއެކު ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު، ޓެބަލުގެ ފުލުގުއި އޮތީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އެންމެ ފަހުގެ ޗެންޕިއަން ވޭލިއަންޓެވެ.

ދެވަނަ ލެގުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުއެވެ. ފުރަތަމަ ބުރުގެ މެޗުތައް ނިންމާލުމާއިއެކު ވަނީ ޓްރާސްފާއަށް ހުޅުވާލާފައެވެ. މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ފުރަތަމަ ބުރުގެ މެޗުތަކަށްވުރެ ފޯރި ގަދަވާނެކަމަށް މުބާރާތް އިންތިޒާމު ކުރާ ފާރާތުން ވަނީ ބުނެފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހިއްވަރު 4 އެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިނެވެ.
ކޮމެންޓު ފޮނުވާ