ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް (ޑަބްލިއު.ޓީ.އޯ)އަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ގ.ފަރުކަނި، ޑރ.ޢާޞިމް އަޙްމަދު ޢައްޔަންކުރުމާމެދު ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އާސިމަށް ރުހުން ހޯއްދެވުމަށް ރައީސުކްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު އަމީން ޢާންމު ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ.
ޑަބްލިއު.ޓީ.އޯއަށް ރާއްޖެއިން ކަނޑއަޅާ މަންދޫބުގެ މަޤާމަށް ޢައްންކުރުމަށް ނަންފުޅު ފޮނުއްވާފައިވާ ޑރ.ޢާސިމް އަކީ ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްވެސް މެއެވެ.
ޑރ.ޢާޞިމް އަޙްމަދު ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތް ވެސް ދެއްވާފައެވެ.
ޑރ.ޢާޞިމް އަޙްމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ