މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެއްވުނުކަމަށް ރައީސް ނަޝީދު އެއްބަސްވެވަޑައިގެންފި

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެއްވުނުކަމަށް ރައީސް ނަޝީދު އެއްބަސްވެވަޑައިގެންފި

މާލޭގެ ރައްޔިތުންނަށް ބޯހިޔާވިހިކަން ފޯރުކޮށް ނުދެވުނުކަމަށް އެއްބަސްވެ ވަޑައި ގަންނަވާ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ސަލްޓަމްޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭނެކަމުގެ ވައުދަކީ އެމްޑީޕީން އަބަދު ވަމުންދިޔަ ވައުދުކަމަށެވެ. ނަމަވެސް މިއަދު އެވައުދު ނުފުއްދޭކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ވިދާޅުވުމަށް އެއްބަސްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އޮތް ހައްލަކީ ގޯތި ދިނުންކަމަށެވެ. ފްލެޓްގެ ނަމުގައި ހުޅުމާލޭގައި ހިންގާ މަޝްރޫޢުތަކަކީ ހައްލެއްކަމަށް ނުފެންނަ ކަމަށެވެ. ކޮންމެ ފްލެޓެއް އަޅައި ނިންމައި ވަދެވެނީ، 7 ނޫނީ 10 އަހަރުން ކަމަށާއި، ނިމޭއިރު ދައުލަތް ބޮޑު ތަނުން ދަރާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ހުޅުމާލޭގެ ދަރަންޏަކީ 1.2 ބިލިޔަން ރުފިޔާކަމަށެވެ. މިދަރަނި އަދާކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށާއި، އެކަން ސަރުކާރުން ކުރަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު އޮތް ހައްލަކީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯރި ކަނޑާފައި ދިނުންކަމަށެވެ. މާލެއިން ބިމެއް ނެތް މީހުންނަށް ގޯތި ކަނޑާފައި ކޮންމެ ތަނަކުން ނަމަވެސް ދައްކަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މިއަހަރުވެސް 5000 ހައުސިންގ ޔުނިޓެއް އެޅުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ މި ޢަދަދު 13،000 އަށް އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ސަރުކާރުން އެންމެ އިސްކަމެއްދޭ ސިޔާސަތުކަމުގައިވާ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރުމަށްވެސް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ޙައްލެއް ގެންނަންޖެހޭކަން ރައީސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *