ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްއެންޕީން ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްއެންޕީން ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2021 09:18
0

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެންމެފަހުން ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީ އެމްއެންޕީން ހުޅުވާލައިފިއެވެ.

ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، މިމަހުގެ 26 ވާ އާދީއްތަ ދުވަހުގެ 17:00 ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. ނުވަތަ އެމް.އެން.ޕީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމް ބަލައިގަނެވޭނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މިއިންތިޚާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި، ވޯޓްލުން ކުރިއަށްދާނީ މިމަހުގެ 28 ވާ (ބުދަ) ދުވަހު ހެނދުނު 10:00 ން ހަވީރު 17:00 އަށް ކޮމަންޑޫ ދާއިރާގެ ރަށްރަށުގެ އިތުރުން މާލޭގެ އެމް.އެން.ޕީ އޮފީހުގައިކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރު ފެބްރުއަރީމަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މި މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް ހުޅުވާލާފައެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

1 1234321
ބޢ ޕާޓީ ، ނޮހޮވޭނެ، ހުވަފެނެއްގަ ތިއުޅެނީ، ޕޕ މީހެއް ހޮވޭނީ...އއ