ކައިވެންޏަށް ފަހު ވިކީ މަސައްކަތަށް ނުކުމެއްޖެ

ކައިވެންޏަށް ފަހު ވިކީ މަސައްކަތަށް ނުކުމެއްޖެ

Author
ފާތިމަތު ނާވީ
22 ޑިސެމްބަރ 2021 10:18
0

މިމަހުގެ 9 ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑްގެ މަޝްހޫރު ތަރި ވިކީ ކޯޝަލް އެނބުރި މަސައްކަތަށް ނުކުމެއްޖެއެވެ.

ކެޓްރީނާ ކައިފާއި ވިކީގެ ކައިވެންޏަށް 9 ދުވަސް ވީތަނާ ވިކީ މަސައްކަތަށް ނުކުމެފައި ވާއިރު ކެޓްރީނާ ވެސް ވަރަށް އަވަހަށް މަސައްކަތަށް ނުކުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވިކީ މަސައްކަތަށް ނުކުތީ ކަމަށް ބުނެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ސެލްފީއަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ. އެންމެންވެސް އަހަމުން ދިޔައީ ކެޓްރީނާ ކޮބައިތޯއެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

ވިކީ މިހާރު މަސައްކަތް ކުރަމުން ދަނީ ސާރާ އަލީ ޙާނާއެކު ދިނޭޝް ވިޖަންގެ ފިލްމެއްގައެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނި ކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ރާޖަސްތާންގެ ސިކްސް ސެންސަން ފޯޓް ބަރްވަރާ ރިސޯޓްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.