އަންހެނަކަށް އިމާމަކަށް ވެވިދާނެތަ؟

އަންހެނަކަށް އިމާމަކަށް ވެވިދާނެތަ؟

Author
ހުސެއިން
16 ޑިސެމްބަރ 2021 09:00
0

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އަންހެނަކު އިމާމަކަށް ވުމުގައި އޮތީ ދެގޮތެކެވެ.

ފުރަތަމަ ގޮތަކީ: ފިރިހެނުންގެ ޖަމާޢަތެއްގެ ނުވަތަ ފިރިހެނުންނާއި އަންހެނުންގެ ޖަމާޢަތެއްގެ އިމާމަކަށް އަންހެނަކު ވުމެވެ. މިޙާލަތުގެ ޙުކުމަކީ ފިރިހިނުން ތިބި ޖަމާޢަތެއްގެ އިމާމަކަށް އަންހެނަކު ހުރުން ޞައްޙަވެގެން ނުވެއެވެ.

ދެވަނަ ގޮތަކީ: އަންހެނުންގެ ޖަމާޢަތެއްގެ އިމާމާކަށް އަންހެނަކު ހުރުމެވެ. މި ޙާލަތުގެ ޙުކުމަކީ: އެކަކަށް ވުރެ ގިނަ އަންހެނުން ތިބިތަނެއްގައި ނަމާދު ވަގުތު ވަދެއްޖެނަމަ، އަންހެނުންގެ ޖަމާޢަތެއް ހަދާ އެކަނބަލުންގެ ތެރެއިން އެކަކު އިމާމަކަށް އިސްކުރެވިދާނެއެވެ. މިފަދަ ޙާލަތުގައި އިމާމާ ހުންނަން ވާނީ މައުމޫމުންނާއި އެއް ހަމައެއްގައި ޞަފުގެ މެދުގައެވެ.

ވީމާ، ފިރިހެނަކު ހުރެއްޖެނަމަ އެއްވެސް ޙާލަތެއްގައި އަންހެނަކަށް އިމާމުވެ ނަމާދު ނުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.