ޕަރީނިތީ "ހުނަރްބާޒް"ގެ ޖަޖަކަށް!

ޕަރީނިތީ "ހުނަރްބާޒް"ގެ ޖަޖަކަށް!

Author
ފާތިމަތު ނާވީ
16 ޑިސެމްބަރ 2021 06:32
0

ބޮލީވުޑްގެ ތަރި ޕަރީނިތީ ޗޯޕްރާ ފުރަތަމަ ފަހަރަށް ރިއަލިޓީ ޝޯވް އެއްގެ ޖަޖުކަން ކުރުމަށް ތައްޔާރު ވެއްޖެއެވެ.

އޭނާ ޖަޖެއްގެ ގޮނޑިން ފެންނާނީ ކަލާސްޓިވީން ގެނެސްދޭ ރިއަލިޓި ޝޯވ "ހުނަރްބާޒް: ދޭޝް ކި ޝާން" އިންނެވެ.
މި ޝޯވް ގައި ޕަރީނިތީ އާއި އެކު ކުރީގެ އެކްޓަރ މިތުން ޗަކްރަބަތީ އާއި ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރުވެސް ޖަޖުންގެ ޕެނަލުން ފެނިގެން ދާނެއެވެ.

މިއީ ޓީވީ  ޝޯއެއްގައި ޕަރީނިތީ ޖަޖުކަން ކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް އަނެއް 2 ޖަޖުންނަކީ ޓީވީ ޝޯވ ތަކުގައި މީގެކުރިންވެސް ޖަޖުންގެ ގޮނޑިން ފެނިފައިވާ 2 ފަންނާނުންނެވެ.

މި ޝޯއާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕަރީނިތީ ބުނެފައިވަނީ މި ފަދަ ލެޖެންޑުން ތަކަކާއެކު މި ފުރުސަތު ލިބުމަކީ ވަރަށްބޮޑު ފަހުރެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Parineeti Chopra (@parineetichopra)

ކުޅަދާނަ ތަރި ޕަރީނިތީ އަތުގައި މިހާރުވެސް އުންމީދީ ފިލްމު ތަކެއް އެބަހުއްޓެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ މި އަހަރު ނެރުނު ބަޔޮޕިކް ސާއިނާ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.