ޖެންޑަރ މިނިސްޓަރުގެ ފިރިކަލުން އަވަހާރަވެއްޖެ

ޖެންޑަރ މިނިސްޓަރުގެ ފިރިކަލުން އަވަހާރަވެއްޖެ

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2021 02:39
0

ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީގެ ފިރިކަލުން އިބްރާހީމް ޒާހިރު އަވަހާރަވެއްޖެއެވެ.

އިބްރާހީމް ޒާހިރު އަވަހާރަވެފައިވަނީ، އިންޑިއާގެ ރަޖާގިރި ހޮސްޕިޓަލުގައި މެންދުރު ފަހު 14:00 ހާއިރުއެވެ. އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކެންސަރަށް ފަރުވާ ހޯއްދަވާތާވެސް އަހަރެއްހާ ދުވަސްވަނީ ވެފައެވެ.

މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީއާއި އިބްރާހީމް ޒާހިރުގެ ކައިވެންޏަށް ވަނީ 37 އަހަރު ވެފައެވެ. އަދި 2 ކުދިން ވަނީ ލިބިވަޑައިގެންފައެވެ. އެއް ދަރިކަނބަލުންނަކީ އުރީދޫ މޯލްޑިވްސްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރެވެ.

އިބްރާހީމް ޒާހިރަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒާހިރުގެ ބޭބޭފުޅެވެ.

އިބްރާހީމް ޒާހިރު ކެންސަރަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް ކޮވިޑް ޖެހިވަޑައިގެން ފަރުވާ ހޯއްދަމުން އަންނަތާ 14 ވަރަކަށް ދުވަސް ވެފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.