މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ޑްރަގް ވިޔަފާރި: ސިފާ

މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ޑްރަގް ވިޔަފާރި: ސިފާ

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2021 11:19
0

މެދުފަންތީގެ ވިޔަފާރިވެރިންނަށް ދިމާވާ އެންމެ ބޮޑު އުނދަގުލަކީ ބައެއް މީހުން ކުއްލިއަކަށް މުއްސަނދިވެ ޑްރަގް ވިޔަފާރިތައް އިތުރުވުންކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިހެން ވިދާޅުވީ، މާލޭ މަގުމަތިން ދުއްވާފައި ދިޔަ ކާރެއް އިއްޔެ ހުއްޓުވައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލާގަތް މައްސަލައަށް އިޝާރާތްކުރައްވައެވެ. ނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލޭގެ ބުރުޒުމަގު ޔެލޯ ބްރީޒް ފިހާރަ ކައިރިން ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.

ސިފާ ވިދާޅުވީ، މާލޭގައި މެދުފަންތީގެ ވިޔަފާރިވެރިންނަށް ދިމާވެގެން އުޅޭ އެންމެ ބޮޑު އުނދަގުލަކީ ކުއްލިއްޔަކަށް މުއްސަނދުކަން ލިބިގެން އުޅޭ ޑްރަގް ވިޔަފާރިތައް އިތުރުވުންކަމަށެވެ.

އަންނައުނު، ރީތިވާ ސާމާނު، ރެސްޓޯރަންޓް ވިޔަފާރިތައް ހުޅުވުން. އާންމު ވިޔަފާރިވެރިޔާއަށް އަތްނުފޯރާ ބިމުކުލި އެބަދައްކާ. ނުއައުގައި މުދާ.

– ސިފާ މުޙައްމަދު

މާލޭގައި މިދުވަސްވަރު މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މާލޭ މަގުމަތީގައިވެސް މަސްތުވާތަކެތީ ބޭނުންކުރާ ވީޑިއޯތަކެއް ވަނީ ޢާންމުވެފައެވެ.

ކާރެއް ހުއްޓުވައި ފުލުހުން އަތުލާގަތް މަސްތުވާތަކެތީގެ ތެރޭގައި 28 ޕެކެޓާއި ދަބަހެއް ހިމެނެއެވެ. އެއިން ކޮންމެ ޕެކެޓެއްގައި އެއް ކިލޯ ހުންނަކަމަށް މަޢުލޫމާތު ލިބެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އުދުހޭކޮކާ
ކެނެރީގޭ ނަޝީދު ރުޅި ނާންނާނެތަ؟ ބޯން ޖެހޭނެ. ބޯންވާނެ ކަމަށް ވަކާލާތު ކޮށް ރައީސަކު ދައްކަން ނުވާކަހަލަ ވާހަކައެއް ކަމަށް ވެސް ބުނި.