ޖެނެރަލް ބިޕިންއަކީ އަބަދުވެސް ޤައުމު އިސްކުރެއްވި ބަތަލެއް: ރައީސް

ޖެނެރަލް ބިޕިންއަކީ އަބަދުވެސް ޤައުމު އިސްކުރެއްވި ބަތަލެއް: ރައީސް

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2021 07:41
0

އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ވައިގެ ސިފައިން ބުނެފައިވާ ގޮތުގައި ޖެނެރަލް ބިޕިން ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓިފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫގެ ސައިފަތް ދަނޑެއް ކައިރިއަށެވެ. އެ ޙާދިޘާގައި ޢުމުރުފުޅުން 63 އަހަރުގެ ބިޕިންގެ އިތުރުން، އޭނާގެ އަނބިކަނބަލުން މަދޫލިކާ ރަވާތާއި، އިންޑިއާ އަސްކަރިއްޔާގެ އޮފިޝަލުންތަކެއް ވަނީ މަރުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައެވެ.

ރައީސް ސާލިހު ވިދާޅުވީ 2019 ވަނަ އަހަރު ޖެނެރަލް ބިޕިންއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމަށާއި، ޖެނަރަލް ބިޕިންއަކީ އެހެން ހުރިހާ ކަމަކަށްވުރެ ޤައުމީ މަސްލަހަތު އިސްކުރެއްވި ބޭފުޅެއްކަމަށެވެ.

އިންޑިޔާގެ އަސްކަރިއްޔާއިން ވަކިވެވަޑައިގެން ޗީފް އޮފް ޑިފެންސް ސުޓާފުގެ މަޤާމާ ޖެނެރަލް ބިޕިން ޙަވާލުވެވަޑައިގަތީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ އެ މަޤާމު ފުރުއްވައި ފުރަތަމަ ބޭފުޅާއެވެ. އަދި އޭނާއަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަރަށް ގާތް ބޭފުޅެކެވެ. އޭނާވަނީ 40 އަށްވުރެ ގިނަ އަހަރު އިންޑިޔާގެ އަސްކަރިއްޔާގައި މަސައްކަތްކުރައްވައިފައެވެ.

ހަބަރުތައް ބުނާގޮތުން ހެލިކޮޕުޓަރު ވެއްޓުނީ ދުންފިނީގެ ސަބަބުން ދަތުރުކުރަމުންދިޔަ މަގު ރަނގަޅަށް ނުފެނުމުންނެވެ. ހެލިކޮޕުޓަރު ވެއްޓުނީ ޓެމިލް ނާޑޫގައި ހުންނަ އާމީ ޑިފެންސް ސާވިސަސް ކޮލެޖަށް ޖެނެރަލް ބިޕިން ވަޑައިގަންނަވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.