އިންޑިއާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ޓެމިލްނާޑޫ ސަރަހައްދަށް ވެއްޓުމުގެ ހާދިސާގައި އެގައުމުގެ ފަރސްޓް ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވަޓްއާއި އޭނާގެ އަނބިކަބަލުން އަވަހާރަވެ އަދި މިހާދިސާގައި އެ ހެލިކޮޕްޓަރުން ދަތުރުކުރި، އަސްކަރިއްޔާގެ އިތުރު 13 އޮފިސަރުން މަރު ވެއްޖެއެވެ.
މިހާދިސާގައި ސަލާމަތް ވެފައިވަނީ، އެއަރ ފޯސް ގުރޫޕް ކެޕްޓަން އެވެ. އޭނާގެ ގައިގެ ބޮޑު ބައެއް އަދާފައިވާތީ މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެވެމުންނެވެ.
"ޖެނެރަލް ބިޕިން ރަވަޓް އާއި އަނބިކަބަލުން މުދުލިކާ ރަވަޓްގެ އިތުރުން ހެލކޮޕްޓަރުގައި ދަތުރު ކުރަމުންދިޔަ 11 މީހަކު މި ހިތާމަވެރި ހާދިސާގައި މަރުވެފައިވާކަން މިހާރުވަނީ ޔަގީން ކުރެވިފަ،" އިންޑިއަން އެއަރ ފޯސްއިން ކުރި ޓުވީޓުގައި ވެއެވެ.
Gen Bipin Rawat, Chief of Defence Staff (CDS) was on a visit to Defence Services Staff College, Wellington (Nilgiri Hills) to address the faculty and student officers of the Staff Course today.
— Indian Air Force (@IAF_MCC) December 8, 2021
އެއަރ ފޯސްއިން ބުނެފައިވާ ގޮތުގައި، ވެލިންގޓަން މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ، "ގްރޫޕް ކެޕްޓން ވަރުން ސިންގ" އަށް ކަމަށެވެ.
އުމުރުން 63 އަހަރުގެ، ޗީފް އޮފް ޑިފެންސް ސްޓާފް ދަތުރު ކުރައްވަމުން ގެންދެވީ، ރަޝިއާއިން އުފައްދާފައިވާ 17V5 މަރުކާގެ ހެލިކޮޕްޓަރ އަށް ވަނީ، "ޓެމިލްނާޑޫގެ ކުނޫރު ކައިރީގައި އެކްސިޑެންޓެއް ކުރިމަތިވެފަ،" އިންޑިއާން އެއަރފޯރސްއިން ޓުވީޓު ކޮށްފައި ވެއެވެ.
ރަވަޓް މިވަގުތު ހުންނެވި އިންޑިއާގެ ފަރސްޓް ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމަކީ 2019ވަނަ އަހަރު އުފައްދާފައިވާ މަގާމެކެވެ. އޭނާ ފާހަގަ ކުރެވިގެން ގޮސްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެއްގެ ގޮތުގައެވެ.
އިންޑިއާގެ އަސްކަރިއްޔާގެ ސީނިއަރ އޮފިސަރަކު އޭއެފްޕީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ބިޕިން ރަވަޓް އާއި އޭނާގެ އަނބިކަބަލުންގެ އިތުރުން އިތުރު އޮފިސަރުން ހެލިކޮޕްޓަރުގައި ދަތުރު ކުރައްވަމުން ގެންދެވީ ޑިފެންސް ސާވިސަސް ސްޓާފް ކޮލެޖްއަށެވެ.
އިންޑިއާގެ މީޑީއާތަކުން ބްރޯޑްކާސްޓް ކޮށްފައިވާ މަންޒަރުތަކުންވަނީ، މި ހެލިކޮޓަރ ނިލްގިރިސް ޑިސްޓްރިކްޓްގައި ހުންނަ މި ކޮލެޖްގެ ކައިރީގައި އޮންނަ ބޯ ޖަންގަލި ކައިރިއަށް ވެއްޓި، ހެލިކޮޕްޓަރުގެ ބައިތައް އަދަމުންދިޔަ މަންޒަރު ފެނިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނެފައިވާގޮތުން ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މިހެލިކޮޕްޓަރު ނައްޓާލާފައިވަނީ، ސުލުރު އެއަރ ފޯސް ސްޓޭޝަނުންނެވެ. އަދި ހެލިކޮޕްޓަރުގައި ދަތުރު ކުރަމުންދިޔަ ބައެއް ފެސެންޖަރުންނަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެވެމުންނެވެ.
ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވަޓްއަކީ އިންޑިއާގެ އަސްކަރިއްޔާގައި އެތައް ޒަމާނެއް ވަންދެން ޚިދުމަތް ކޮށްފައިވާ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ.
40 އަހަރަށްވުރެ ދިގު މުއްދަތަކަށް އިންޑިއާގެ އަސްކަރިއްޔާއަށް ޚިދުމަތް ކޮށްފައިވާ ޖެނެރަލް ބިޕިން ރަވަޓްއަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ސަރަހައްދުގައި ތިބޭ އިންޑިއާ ސިފައިންގެ އިސް ކޮމާންޑަރުގެ ގޮތުގައިވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އިންޑިއާގެ އެއަރފޯސްއިން ބުނެފައިވަނީ، މި ހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ