އެތުލެޓިކޯ އެއްވަރުވެ ދެވަނައަށް

އެތުލެޓިކޯ އެއްވަރުވެ ދެވަނައަށް

ގުޅުންހުރި

ޗެމްޕިއަންސް ލީގުގައި ގްރޫޕް އޭގައި އެތްލެޓިކޯ މެޑްރިޑާއި ލޮކޮމޮޓިވް މޮސްކޯގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ. ރަށުންބޭރުގައި އެތުލިޓިކޯ އެއްވަރުވީ 1-1ލަނޑުންނެވެ.

އެތްލެޓިކޯއިން މެޗު ކޮންޓްރޯލް ކުރިނަމަވެސް ދެޓީމުގެ ފަރާތުންވެސް މެޗުގައި މާއެދެވޭ ކުޅުމެއް ވަނީ ނުފެނިފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އެތްލެޓިކޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހޯސޭ ޖިމެނޭޒްއެވެ.

އޭގެފަހުން އެތުލެޓިކޯގެ ހެކްޓަރ ހެރޭރާގެ އަތުގައި ބޯޅަޖެހުމުން ލިބުނު ޕެނަލްޓީއެއްގައި މޮސްކޯގެ އެންޓޯން މިރަންޗުކް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި ނަތިޖާއެކު ގްރޫޕް އޭގެ އެއް ވަަނައިގައި ބަޔާން އޮތީ ތިން މެޗުން މޮޅުވެގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް  އަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގަ އޮތް ލޮކޮމޯޓިވް މޮސްކޯ އަށް ދެ ޕޮއިންޓު ލިބުނުއިރު ފުލުގައި އޮތް ސަލްޒްބާގް ލިބެނީ އެންމެ ޕޮއިންޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *