އިންޑިއާ ޓީޗަރުންނޭ ކިޔާފަ ޝައިތާނުންނެއްނު ގެނެސްގެން މިއުޅެނީ: އަލީ ރަމީޒު

އިންޑިއާ ޓީޗަރުންނޭ ކިޔާފަ ޝައިތާނުންނެއްނު ގެނެސްގެން މިއުޅެނީ: އަލީ ރަމީޒު

އިންޑިއާ ޓީޗަރުންނޭ ކިޔާފަ ރާއްޖެއަށް ކިޔަވައިދޭ ގެނެސްގެން އުޅެނީ ޝައިތާނުން ކަމުގައި ސަލަފް ޖަމްއިއްޔާގެ އިސްމެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ގއ.ކޮނޑޭ ސްކޫލުގައި ކިޔަވައި ދެމުންދާ އިންޑިއާ ޓީޗަރަކު، ކީރިތި ޤުރުއާން ބިންމައްޗަށް އެއްލާލި މައްސަލާއި ގިނަބަޔަކު ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅުގައި އަލީ ރަމީޒު ކުރި ޓުވީޓުގައި ވިދާޅުވީ އިންޑިއާ ޓީޗަރުންގެ ނަމުގައި ރާއްޖެ ގެނެސްގެން އުޅެނީ ޝައިތަނުންކަމަށެވެ.

އިންޑިއާ ޓީޗަރުންނޭ ކިޔާފަ ޝައިތާނުންނެއްނު ގެނެސްގެން މިއުޅެނީ.

– އަލީ ރަމީޒު ވިދާޅުވިއެވެ.

މިމައްސަލަގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ކަމާއިބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. ގއ. ކޮނޑޭ ސްކޫލުގެ ގްރޭޑް 4 އަދި 5 ގެ ދަރިވަރުންގެ ކްރިއޭޓިޗް އާޓް ގަޑީގަ އިންޑިއާ ޓީޗަރު ޤުރުއާނަށް އިޝާރާތްކޮށް ބުނެފައިވަނީ އެއީ ނަރަކަވެރި ފޮތެއް ކަމަށާއި އެފޮތާއި ދުރުވެ، ސުވަރުގެވަންތަ ފޮތާއި ގާތްވާން ޖެހޭ ކަމަށެވެ.

އިންޑިއާ ޓީޗަރުވަނީ ޚަތިމް ބިންމައްޗަށް އެއްލާލުމަށްފަހު ކުދިން ލައްވައި ކްރިމަސް ޓްރީ ހަދާފައެވެ. ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ރާއްޖޭގައި އުޅޭ އައިރު މުސްލިމުންގެ ދުވަސް ކޮންމެވެސް ގޮތަކަށް ފާހަގަ ކުރެވޭތޯ މަސައްކަތް ކުރެއެވެ. ކްރިމަސްޑޭ ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ފާހަގަ ކުރުމުގެ މައްސަލައަކީ މިދުވަސްވަރު ކޮންމެ އަހަރަކުވެސް ނިކުންނަ މައްސަލައެކެވެ.

ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. މިހާރުންް މިހާރަށްް އެެ ޝައިޠާނާާ މިި ޤައުމުންް ބޭރުކުރަންް ކަމާއިބެހޭޭ އިދާރާތަކަށްް ގޮވާލަންް.

  2. މީހަކު ހަމައެއްޗެއްބުނާއިރަށް ހަޤީޤަތސާފުނުކޮށް ދުލަށްއައިހާއެއްޗެއްކިއުމަކީ އިސްލާމދީންހުއްދަކުރާކަމެއްނޫން

Leave a Reply

Your email address will not be published. Required fields are marked *