ޒަވީ ހަވާލުވިފަހުން ބާސެލޯނާ ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ޒަވީ ހަވާލުވިފަހުން ބާސެލޯނާ ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ގުޅުންހުރި

ޒަވީ ހެނާންޑޭޒް ބާސެލޯނާގެ ކޯޗު ކަމާއި ހަވާލުވި ފަހުން ސްޕެނިޝް ލީގުގައި އެޓީމު ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ލީގުގައި ރޭ ބާސެލޯނާ ބަލިވީ، ރެއާލް ބެޓިސް އަތުން 0-1 ގެ ނަތީޖާ އަކުންނެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި، އެޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުން ރެއާލް ބެޓިސް މޮޅުވީ މެޗުގެ ދެވަނަ ހާފުގައި ޖެހި ހަމައެކަނި ލަނޑުންނެވެ. މެޗުގެ 79 ވަނަ މިނެޓުގައި މި ލަނޑު ރެއާލް ބެޓިސްއަށް ކާމިޔާބުކޮށްދިނީ، ހުއާންމީއެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ 15 މެޗުން ލިބުނު 23 ޕޮއިންޓާއެކު ލީގު ތާވަލްގެ 7 ވަނައިގައެވެ. އަދި ރެއާލް ބެޓިސް އޮތީ ތާވަލުގެ ތިންވަނައިގައި 16 މެޗުން 30 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން 8 ޕޮއިންޓުގެ ލީޑެއް ވަނީ ނަގާފައެވެ.

ރެއާލް ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް، ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ، ވިނީޝިއުސް ޖޫނިއާއެވެ. އަދި ރެއާލަށް ލީޑު ފުޅާކޮށްދިން ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޔޯވިޗްއެވެ.

މި ނަތީޖާއާއެކު ރެއާލުން ވަނީ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ރެއާލް އެއްވަނައިގައި އޮތީ 16 މެޗުން ހޯދި 39 ޕޮއިންޓާ އެކުއެވެ. އަދި ދެވަނައިގައި އޮތް ސެވިއްޔާ އަށް 15 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ރެއާލް ބެޓިސްއަށް 16 މެޗުން 30 ޕޮއިންޓް ވަނީ ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ