ސޭވިންގ އެކައުންޓުއިން ލިބޭ އިންޓްރެސްޓަށް ހަދާނީ ކިހިނެއް؟ އެއީ ރިބާތަ؟

ސޭވިންގ އެކައުންޓުއިން ލިބޭ އިންޓްރެސްޓަށް ހަދާނީ ކިހިނެއް؟ އެއީ ރިބާތަ؟

Author
ހުސެއިން
01 ޑިސެމްބަރ 2021 09:01
0

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ބޮޑަށް ރަގަޅީ ކަރަންޓު އެކައުންޓެއް ހުޅުވާފައި، ހުރިހާ ފައިސާ އެއް ކަރަންޓު އެކައުންޓަށް ބަދަލުކޮށް، ސޭވިންގް އެކައުންޓު ބަންދު ކުރުމެވެ.

ސޭވިންގް އެކައުންޓިން ލިބޭ ފައިސާ އަމިއްލައަށް ބޭނުން ކޮށްގެން ނުވާނެއެވެ. އެއިން ސަލާމަތްވުމަށް ހެދޭނެ ގޮތަކީ އެފައިސާ ފަގީރަކަށް ޞަދަގާތް ކުރުމެވެ.

މިއީ، ސޭވިންގް އެކައުންޓު ގެ ޙަގީގަތް ނޭގި އޭގެ އެކައުންޓެއް ހުޅުވި، ފައިސާ ލިބިއްޖެނަމަ ކަންތައް ކުރާނެ ގޮތެވެ.

ނަމަވެސް ސޭވިންގް އެކައުންޓުގެ ޙަގީގަތް އެނގި، އެއިން ލިބޭ ފައިސާ އިން ފަގީރުންނަށް ޞަދަގާތް ކުރާނީޔޭ ކިޔާ އެފަދަ އެކައުންޓެއް ހުޅުވައިގެން ނުވާނެއެވެ. އެންމެ ހެޔޮ ޞަދަގާތަކީ ތިމާ ލޯބިކުރާ އެއްޗަކުން ދޭ ޞަދަގާތެވެ.

އެެހެންކަމުން، ޙަލާލުނުވެގެން އެއްލާލަން ޖެހޭބައިން ޞަދަގާތް ކުރުމުގެ ބަދަލުގައި ޙަލާލު ރަގަޅު ބައިިން ސަދަގާތް ކުރައްވާށެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. ( الصَّدَقَةُ تُطْفِئُ الْخَطِيْئَةَ كَمَا يُطْفِئُ الْمَاءُ النَّارَ)މާނައަކީ: "ފެނުން އަލިފާން ނިވާލާ ފަދައިން، ޞަދަގާތުން ނުބައިކަންތައް ފޮހެލައެވެ".

والله أعلم.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.