ޔާމީންގެ ޚިދުމަތް ޤައުމަށް ބޭނުންވޭ، ސިޔާސީ ވާދަ ކުރާނީ ކޯޓަކުން ނޫން: އަލީ ވަހީދު

ޔާމީންގެ ޚިދުމަތް ޤައުމަށް ބޭނުންވޭ، ސިޔާސީ ވާދަ ކުރާނީ ކޯޓަކުން ނޫން: އަލީ ވަހީދު

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2021 08:25
0

ސިޔާސީ ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޚިދުމަތް ދިވެހި ރައްޔިތުން އިންތިހާއަށް ބޭނުންވާ ކަމަށާއި، ސިޔާސީ ވާދަވެރިންނާއި ވާދަކުރާނީ ކޯޓަކުން ނޫންކަމުގައި މިސަރުކާރުގެ ފުރަތަމަ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މަލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމުގެ ފަހުގެ މަރުހަލާގެ ޙުކުމް އިއްވުން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މިޝަރީއަތާއި ގުޅިގެން އަލީ ވަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސިޔާސީ ގޮތުން ވާދަވެރިންނާއި ވާދަކުރާނީ ކޯޓަށްދަމައި ދިޔަސީ ނުފޫޒުން ބިރުދައްކައިގެން ނޫންކަމަށެވެ.

މިއަދު ރައީސް ޔާމީންގެ ޚިދުމަތަށް މުޅި ދިވެހި ޤައުމު އެދި ގޮވަމުންދާއިރު، ރައީސް ޔާމީން މިނިވަން ވުމަކީ ކޮންމެހެންވެސް ވާންޖެހޭ ކަމެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ސިޔާސީ ވާދަވެރިންނާއިމެދު ވާދަކުރަންޖެހޭނީ އިންތިޚާބު ތަކުގައި ކަމަށާއި، ކޯޓުން ވާދަ ކުރުމަކީ ލަދުވެތި ކަމެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ދިވެހިރައްޔިތުންނަށް އެ ރައްޔިތުން އެދޭ ވެރިއެއް އިޚުތިޔާރު ކުރުމުގެ ފުރުޞަތު ލިބެންޖެހޭ. ރައީސް ޔާމީނަށް އިންސާފުވެރި ޙުކުމެއް ލިބި އެމަނިކުފާނުގެ ޚިދުމަތް ދިވެހި ޤައުމަށް ލިބުމަކީ އެތައް ރައްޔިތެއްގެ އުންމީދު. ސިޔާސީ ވާދަ ކުރާނީ ވޯޓުން. ކޯޓަކުން ނޫން! ރައީސް ޔާމީން މިނިވަންކުރޭ.

– އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ޔާމީން މިނިވަން ކުރުމަށް ގޮވާލިއިރު މާދަމާގެ ނިޔަލަށް އޭނާ ކޯޓަށް ހާޒިރުނުވެއްޖެނަމަ އޭނާގެ ބަދަލުގައި ކޯޓުގައި ޖާމިނުވި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ އަށް ފިޔަވަޅު އަޅަން ކްރިމިނަލްކޯޓުން ވަނީ ނިންމާފައެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ޝަރީއަތަށް ކޯޓުގައި ފަށައިފައިވަނިކޮށެވެ. ބޭސް ފަރުވާއަށް އަލީ ވަހީދު ފުރަން ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނައިސްފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަލީ ވަހީދު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ.

އަލީ ވަހީދު ބުނަމުންދަނީ އޭނާއަށް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެހެރި
ޔާމީ ު ކަހަލަ މޭނެތް ހިތްގަދަ ހަރުކަށި މީހެއްގެ ޚިދުމަތަށް ގައުމު ބޭނުމެއް ނުވޭ ދަވާލީ ބައިތުލްމާލު