މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗަކަށް ރަންގްނިކް ހަމަޖައްސައިފި

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗަކަށް ރަންގްނިކް ހަމަޖައްސައިފި

Author
ޔޫސުފް
29 ނޮވެމްބަރ 2021 10:58
0

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް ރަލްފް ރަންގްނިކް ހަމަޖައްސައިފިއެވެ.

ޖަރުމަނަށް އުފަން 64 އަހަރުގެ ރަންގްނިކް ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖެއްސިކަން އެ ކްލަބުން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. މި ސީޒަނުގެނިޔަލަށް ރަންގްނިކް ޔުނައިޓެޑާއި ހަވާލުވީ ކުރިން އެ ކްލަބުގެ ކޯޗަކަށް ހުރި އޮލެ ގުނަ ސޯލްޝެއާ މަގާމުން ވަކިކުރުމަށް ފަހުއެވެ.

ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗު ކަމުން ވަކިކުރީ ޕްރިމިއާ ލީގުގައި ވަޓްފޯޑް އަތުން ބަލިވި މެޗަށްފަހުއެވެ. ފަހަކަށް އައިސް ސޯލްޝެއާގެ ކޯޗުކަމުގެ ދަށުންޔުނައިޓެޑަށް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ސޯލްޝެއާ މަގާމުން ވަކިކުރުމަށް ފަހު ރަންގްނިކް ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވަންދެން ޔުނައިޓެޑަށްއިރުޝާދު ދެމުން އަންނަނީ އެސިސްޓަންޓް ކޯޗު ކެރިކްއެވެ.

ހަމަހުގެ މުއްދަތަކަށް ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާއި ރަންގްނިކް ހަވާލުވިއިރު، ކުލަބުގެ އެޑްވަައިޒަރެއްގެ މަޤާމުގައި އޭނާ ދެއަހަރުގެ މުއްތަކަށް މަޑުކުރާނެ ކަމަށްވެސް ޔުނައިޓެޑްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.